
"ސުލްހައިގެ ބޯޑު" ޕާކިސްތާނުން ތާއީދުކޮށްފި

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 11:56
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އުފައްދަވާ "ބޯޑް އޮފް ޕީސް" އަށް ޕާކިސްތާނުން މަރުހަބާ ކިޔައިފި އެވެ
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޞުލްޙައިގެ ބޯޑާ، ޣައްޒާގައި ދާއިމީ ގޮތަކަށް ޞުލްޙާ ޤާއިމް ކުރުމަށް އެހީތެރިވުމަށް ޕާކިސްތާނުން ގުޅޭނެ ކަމަށެވެ.
ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ވަނީ ޣައްޒާގައި ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށާއި ޣައްޒާ އަލުން އާރާސްތުކުރުމާ ގާތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ.
ޕާކިސްތާނުން ޞުލްޙައިގެ ބޯޑާ ގުޅޭނެ ކަމަށް އިޢުލާނުކޮށްފައި މި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު، ސްވިޒަލެންޑުގެ ޑަވޮސްއަށް ދަތުރުކުރައްވާފައި ވަނިކޮށެވެ.
"ބޯޑް އޮފް ޕީސް" އަކީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އިސްވެ އޮވެ އުފައްދާފައިވާ މައްސަލަތައް ސުލްހަ ކުރުމުގެ ބޯޑެކެވެ. އެ ބޯޑު ހިންގުމަށް ދުނިޔޭގެ 60 ގައުމަކަށް ޓްރަމްޕްގެ ފަރާތުން ދައުވަތު ފޮނުވާފައިވާއިރު މި ބޯޑަށް މިހާތަނަށް ގުޅީފައިވަނީ 20 ގައުމަކުންނެވެ.
މި ބޯޑުން ފަލަސްތީނުގައި ހިނގަމުންދާ ގަތުލް އާންމު ތަކާއި، ޔަމަނުގެ ހަނގުރާމަ އާއި މި ނޫނަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ސީފދާ ޓްރަމް އިސްކޮށް ހުރެނގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ މައިގަނޑު އަސާސަކީ، ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއްގެ ގޮތުގައި އަދި އިންތިޤާލީ ވެރިކަން ހިންގާ އިދާރާއެއްގެ ގޮތުގައި އުފައްދާ "ބޯޑް އޮފް ޕީސް" ކަމަށާއި މިއީ މިހާތަނަށް ދުނިޔޭގައި އުފެދޭނެ އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ މަޖިލީހުގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާފައިވެއެވެ.
އެމެރިކާއިން ބުނަނީ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާ އެކު، ވަރަށް އަވަހަށް ބައްދަލުވުމެއް ބޭއްވުމަށް ގަސްދުކުރައްވާކަމަށެވެ.
އދގެ މަސައްކަތަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ޣައްޒާގެ ހިންގުމާ ޙަވާލުވުމަށް އެމެރިކާއިން އެކުލަވާލައި ޞުލްޙައިގެ ބޯޑާމެދު ޤައުމުތަކުން ނުތަނަވަސްކަން ފާޅުކޮށްފައިވެ އެވެ.
ޞުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮނޑީގެ މުއްދަތަކީ ގިނަވެގެން ތިން އަހަރެވެ. ނަމަވެސް ގިނަ ދުވަހަށް އެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ޤައުމުތަކުން ޗާޓަރަށް ޢަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިޔަން އެމެރިކާ ޑޮލަރު ނަގުދު ފައިސާއިން ދަައްކަން ޖެހެއެވެ.
އެމެރިކާއިން މިހާރު ވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ޤައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު ދެއްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިއްދޫ ބިން ހިއްކު ކުރިއަށް- 41 ހެކްޓަރު ހިއްކައިފި
4 ގަޑިއިރު ކުރިން

އެމެރިކާއިން ގަދަބާރުން ގްރީންލޭންޑް ހޯދަން އުޅޭކަން ފަޅާއަރައިފި
4 ގަޑިއިރު ކުރިން

ކަރާޗީގައި ހިނގި އަލިފާނުގެ ހާދިސާ- މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި
4 ގަޑިއިރު ކުރިން
.webp&w=3840&q=75)
ގާޒާގެ ދެކުނު ސަރަހައްދުން މުސްލިމުން ފޭބުމަށް ޔަހޫދީން އަންގަނީ
5 ގަޑިއިރު ކުރިން


