logo

ޓްރަމްޕްގެ ސުލްހައިގެ ބޯޑަށް ދެގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި

profile

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 12:19

ގާޒާގެ މައްސަލަ ސުލްހަ ކުރުމަށް ކަމަށްބުނެ އެމެރިކާ އިސްވެ އުފައްދަވާފައިވާ ސުލަހްއިގެ ބޯޑަށް ދެ ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

https://wamco.com.mv/

ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިސްރުގެ ރައީސަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ ދައުވަތު ދީފަ އެވެ.

ސުލްހައިގެ މި ބޯޑަކީ ރައީސް ޑޮނަލްޓްރަމްޕް އިސްވެ ހުރެ އުފައްދާފައިވާ ބޯޑެކެވެ. މި ބޯޑުގެ ރިޔާސަތުވެސް ބަލަހައްޓާނީ ޓްރަމްޕް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޓްރަންޕް ވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ ބައިވެރިވެވަޑައިގަތުމަށް ދައުވަތުދީފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރުމަށް ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު، ނަމެއްގައި ވަނީ މެދުކަނޑައިލާފައެވެ.

ޓްރަމްޕްގެ އިތުރުން އެ ބޯޑަށް އެމެރިކާއިން ހުށަހަޅާފައިވަނީ، އެމެރިކާގ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ، ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ އެވެ.

އެމެރިކާއިން މިހާރު ވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ޤައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު ދެއްވައިފައެވެ. ނަމަވެސް ދައުވަތު ލިބުނު ޤައުމުތަކުގެ ތެރެއިން އެ ދައުވަތަށް ފާޅުގައި މަރުހަބާ ކިޔާފައި ވަނީ ހަންގޭރީއިން އެކަންޏެވެ. ހަންގޭރީގެ ރައީސް ވިކްޓޯ އޯރބަންއަކީ ޓްރަމްޕްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ބައެއް ސަރުކާރުތަކުން ޞުލްޙައިގެ ބޯޑާ ގުޅޭ ކަންބޮޑުވުންތައް ފާޅުގައި ހާމަކޮށްފައި ނުވާ ނަމަވެސް އެ ޤައުމުތަކުގެ އިސްވެރިން ދަނީ ކާކުކަން ނޭނގޭ ގޮތަށް ބޯޑާ ގުޅުމާމެދު އެ ޤައުުތަކުގެ ސަރުކާރުން ޖެހިލުންވާ ކަން ހާމަކުރަމުންނެވެ. އެއީ އދގެ މަސައްކަތަކަށް ހުރަސްއެޅޭނެ ކަމަށް ބެލެވޭތީއެވެ.

އިިޓަލީ ވިލާތުން ބުނީ އެ ޤައުން އެ ޤައުމުގެ ޒިންމާ ޢަދާކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ ވިދާޅުވީ އުޞޫލެއްގެ ގޮތުން ޓްރަމްޕްގެ ޞުލްޙައިގެ ބޯޑަށް އެ ޤައުމުން ތާއީދުކުރާ ކަމަށެވެ. ނަމަވެސް ވިލާތުގެ ބައެއް ޤައުމުތަކުން ވެސް ވަނީ ޗާޓަރެއްގެ ދަށުން ޞުލްޙައިގެ ބޯޑު ހިންގުމަށް ނިންމާފައިވާތީ އެ ކަމާމެދު ނުތަނަވަސްކަން ފާޅުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk