
ގުޅިއަށް އިތުރު ކުރެވުނު ބިމުގައި ހިންގާ މަޝްރޫއުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2025 - 15:17
ކ އަތޮޅު ގުޅިއަށް އިތުރު ކުރެވުނު ބިމުގައި ހިންގާ މަޝްރޫއުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ވިދާޅުވީ ގުޅިއަށް އިތުރު ކުރެވުނު ބިމުން ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެއްބާރުލުން ސަރުކާުރުން ދެއްވާނެ ކަމަށެވެ.
ގޯތިގެދޮރު ބިނާ ކުރުމާއި ހައުސިންގ މަޝްރޫއުތައް ހިންގުމާއި އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ގުޅީގައި ހިއްކާފައިވާ ބިމުގައި ހިންުގި ކަމަށްވީ ނަމަވެސް އެހުރީ ކަމެއްގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ގުޅީގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި މިއަދު ސޮއިކުރެވިގެން ގޮސްފައިވާތީ ރައީސް ވިދާޅުވީ އެކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެކަމުގައި އޮތް ކަމެއް ކަމަށެވެ. އެގޮތުން ގުޅީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާލަ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބަނދަރު ހެދުމުގެ މަޝްރޫއަށް ބޭނުންވާނެ ބައެއް ކަހަލަ ތަކެތި ރަށުގައި ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދާދި އަވަހަށް އެ މަޝްރޫއުވެސް ކާމިޔާބު ކަމާއި އެކު އަމަލީގޮތުން ހިނގައި ނިމިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ގުޅީގައި ހިނގަމުންދާ އިތުރު މަޝްރޫއުތައް ނިންމުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަަމަށް ރައީސް ވިދާޅުވިއެވެ.
ގުޅިއަށް ވަނީ 10.15 ހެކްޓަރުގެ ބިން އިތުރުކުރެވިގެން ގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން ނިންމާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 940 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 362 މީޓަރު ދިގުމިނުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 88 މީޓަރުގެ ބޮޑު ހިލައިގެ ހުރަސްތޮށިޖެހުން ހިމެނެއެވެ.
މި މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބް ވަނީ ގުޅި ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ .
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


