
ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާޙިމް ފަލާހް
ލޯކަލް ކައުންސިލްގެ މެޖޯރިޓީ ޕީއެންސީން ނަގާނެ: ޕީޖީ ލީޑަރ ފަލާހް

މުޙައްމަދު ފަޟްލޫން - 25 ޖޫން 2025 - 06:51
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީ އިން މެޖޯރިޓީ ނަގާނެ ކަމަށް ޕީޖީ ލީޑަރ އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީން 80 ޕަސެންޓް ކާމިޔާބު ކުރާނެ ކަމަށެވެ.
ޕާޓީތައް ފެއިލް ވަނީ ލީޑަޝިޕުގެ ބަލިކަށިކަމުގެ ސަބަބުން ކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ މިއަދު އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ފެންނަމުން އެ ދަނީ އެކަމުގެ ފުރިހަމަ މިސާލު ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލޯކަލް ކައުންސިލްގައި ޕީއެންސީ އާއި މިސަރުކާރަށް ލިބޭނީ އެންމެ 20 ޕަސެންޓް ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ ރައީސް ނަޝީދު 20 ޕަސެންޓް ލިބޭނެ ކަމަށް ހިސާބު ޖެއްސެވި ނަމަވެސް، ޕީއެންސީން އަންނަ އަހަރުގެ ލޯކަލް ކައުންސިލް 80 ޕަސެންޓް ހޯދާނެ ކަމަށެވެ.
މުޖުތަމައުގައި ހަރުލާފައި ހުރި ހުރިހާ ނުރަނގަޅު ކަންކަން މި ސަރުކާރުން ހައްލު ކުރަމުންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ނިމުނު އިރު އެކި ރަށްރަށަށް ނުކޮށްދީ ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކޮށްދެމުން އަންނަ ކަމުގައި ވެސް ފަލާހު ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަފުތާގައި ޕީއެންސީ އިން ލޯކަލް ކައުންސިލް ކެމްޕޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އިން ހޯދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މަހުދީ ނިޔާވުމަކީ ލިބުނު ވަރަށް ފުން ހިތާމައެއް، މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް: ރައީސް
8 ގަޑިއިރު ކުރިން

ކޭވް އަށް ދިޔަ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެ ގޭސްވިހަވެގެން ކަމަށް ބެލެވޭ: ޑައިވް ޓީޗަރ ތިހާމް
12 ގަޑިއިރު ކުރިން

އެމެރިކާ އިން ހިފެހެއްޓި ބޯޓުގައި ތިބި އީރާނުގެ ރައްޔިތުން ސަލާމަތް ވެއްޖެ!
12 ގަޑިއިރު ކުރިން

އައްޑޫ ވިޔަފާރިވެރިންގެ މައްސަލަ ހައްލުކޮށްދޭނީ މިސަރުކާރުން: ސައީދު
13 ގަޑިއިރު ކުރިން


.gif&w=3840&q=75)