
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންނަށް ދައުވާކުރީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިނުކުރުމުން!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 03 ޖުލައި 2025 - 18:53
ޒުވާން އަންހެނެއް ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން މާލޭގައި ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދަޢުވާކުރަނީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއި ނުކުރުމުންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުދި ކުށްކުށުގައި ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހު، ދަޢުވާ ނުކޮށް، ދޫކޮށްލުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބެއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 100 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުން އެކުލަވާލުމުގެ ފުރުޞަތު މުޒާހަރާގައި ހައްޔަރުކުރި އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންއަށް ދިން ކަމަށެވެ.
ނަމަވެސް އެ ދެ މީހުންނަށް ދަޢުވާކުރަން ނިންމީ އެއްބަސްވުމަށް އިންކާރުކުރުމުން ކަމަށާއި އަދިވެސް އެ މީހުން ބޭނުންނަމަ އެއްބަސްވުން އެކުލަވާލުމުގެ ފުރުޞަތު އެބައޮތްކަމަށް ޝަފީއު ވިދާޅުވިއެވެ.
ޒުވާނުންތަކެއް އިސްވެ ހިންގި މުޒާހަރާތަކާ ގުޅިގެން މަހްޒޫމާއި ޝިމަން ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތުވެސް އިތުރުކުރިއެވެ. ނަމަވެސް ފަހުން އެ ދެ މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
އެ މީހުންގެ ތެރެއިން މަހްޒޫމްގެ މައްޗަށް އަނިޔާއެއް ކުރުމުގެ ދަޢުވާކުރާއިރު، ޝިމަންގެ މައްޗަށް ކުރަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދަޢުވާއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުން ނަސޭހަތްދީ ދޫކޮށްލާނަމަ، ކުށްކުރި މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން