logo

ނުގަވާއިދުން ހިންގާ އެވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައިނުގަންނާނެ: ޑިފެންސް

profile

ޒިދާން މުޙައްމަދު - 09 ޖުލައި 2025 - 07:12

ހުއްދަތައް ނުނަގާ ނުގަވާއިދުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތައް ބަލައި ނުގަންނާނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފިއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާގެ ހިމެނޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޤަވާއިދާއި އުސޫލްތައް ހަދާ، ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އޮންނަނީ، ޑިފެންސް މިނިސްޓްރީގެ ދަށުގައެވެ.

ޑާސާއިން އާންމުކޮށްފައިވާ ސާކިއުލަރއެއްގައި މިފަހަކަށް އައިސް މަދަނީ އުދުހުން ތަކުގެ ދައިރާގެ ސެކިއުރިޓީ ކޯސްތައް ބައެއް ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހިންގަމުންދާ ކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވެއެވެ.

ސްޓޭޓް މިނިސްޓަރ މުޢާޒް ހަލީމް ސޮއިކުރައްވާ ނެރެފައިވާ ސާކިއުލަރގައި ބުނީ، ރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމާއި އެކަން ކުރުމަށް އެވުޒާރާއިން ނަގަން ޖެހޭ ހުއްދަތައް ހިމޭނޭ ގޮތަށް އެވުޒާރާއިން އެކުލަވާލާފައިވާ ނޭޝަނަލް ސިވިލް އެވިއޭޝަން ސެކިއުރިޓީ ޓްރެއިނިން ޕޮލިސީ ބަޔާން ކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް ތަމްރީނު ދޭ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ކިޔަވައިދޭ މުދައްރިބުން ވުޒަރާގެ ހުއްދަ ނަގަން ޖެހޭ ކަމަށެވެ.

ނަމަވެސް މި ހުއްދަތައް ނެގުމަކާ ނުލައި މި ސިނާއަތުގައި ޝާމިލްވާ ބައެއް ފަރާތްތަކުން މިފަދަ ތަމްރީނުތައް ހިންގަމުންދާ ކަމަށް ބުންޏެއެވެ.

އެހެންކަމުން ކަނޑައެޅިފައިވާ ސިޔާސަތާއި ޚިލާފަށަ ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެ ކަމަށް އެ މިނިސްޓްރީގެ ސާކިއުލަރގައިވެއެވެ.

https://etukuri.mv/
https://www.aslu.com.mv