logo

އައްސޭރި ޖަލުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

profile

އައިޝަތު އިނާޝާ - 13 ޖެނުއަރީ 2025 - 18:05

ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

https://wamco.com.mv/

ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ.

ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢިލް ނަޞީރު އާއި ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުންނާއި އައްސޭރި ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރް، އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއަރ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުވައްޒަފުންނަށް އަރިސްކުރައްވައި، ކޮށްދެއްވާ ޚިދުމަތްތަކަށް ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި، އައްސޭރި ޖަލުގެ އޮފިސަރުންނަށް ވަނީ ކުލަ އާއި މެޑަލް ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމަށް ފަހުގައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay