
އޮޑިޓް އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓް ހަމަޖައްސައިދޭން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 14 އޮކްޓޯބަރު 2026 - 08:30
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް، އަންނަ އަހަރަށް އެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިއަން ރުފިޔާ، އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 394 އޮޑިޓެއް ކުރުމަށް އެ އޮފީހުން އަމާޒު ހިފާފައިވާ ކަމަށެވެ.
އޮޑިޓް ހިންގާނެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ބައެއް ދާއިރާތަކުގެ ތެރޭގައި ކައުންސިލްތަކާއި ބޭރުގެ އެހީގައި ކުރިއަށްދާ ބައެއް މަޝްރޫއުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިތުރުން މާލީ އިދާރާތަކުގެ އޮޑިޓާއި ތިމާވެއްޓާއި ގުޅުންހުރި ދާއިރާއިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޮޑިޓްތައް ހިމެނޭ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
މި ހިނގާ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކަނޑައަޅާފައިވަނީ 134 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ގުޅުން ހުރި ޙަބަރުތައް

ގުރައިދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި
4 ގަޑިއިރު ކުރިން

އެކްސިޑެންޓްތައް އިތުރުވާތީ ފުލުހުން މަޖިލީހަށް ހާޒިރުކުރަނީ
7 ގަޑިއިރު ކުރިން

ވާހަކަ - ބަދުނާމު ( އެޕިސޯޑް 1 )
8 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ
10 ގަޑިއިރު ކުރިން


