
ތިޔަ ހުށަހަޅުއްވަނީ މުޅި އިގްތިސާދާއި ގައުމު ބޮޑު ނުރައްކަލަކަށް: ފައްޔާޒް

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 06:33
އެއްވެސް ދިރާސާއެއް އަދި މަޝްވަރާއެއް ކުރުމެއް ނެތި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާނޫނުތަކަށް ބަދަލު ގެނައުމުގެ ނަތީޖާއަކީ ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓެކްސް ނަގާ އުސޫލު ޑެސްޓިނޭޝަން ޕްރިންސިޕަލް އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ރާއްޖޭގައި މަސައްކަތްކުރާ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ބައެއް ހަބަރުތައް ބުނާ ގޮތުގައި، ލިބޭ ފައިދާއިން އިތުރު ޓެކްސް ދައްކަން ޖެހޭނަމަ ރާއްޖެ އިޝްތިހާރުކޮށް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ބައެއް ފަރާތްތަކުން ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސަރުކާރުގެ ބޭކާރު ހަރަދުތައް ހަމަޖެއްސުމަށްޓަކައި ރަންބިސްއަޅާކުކުޅު ގުރުބާންކޮށް މިސަރުކާރުން އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ އިތުބާރު އިއާދަނުކުރެވޭ މިންވަރަށް ގެއްލުވާލަމުންދާ ކަމަށެވެ.
އެހެންކަމުން، ޓެކްސް ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ސަބަބުން ދިމާވާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ޓުއަރ އޮޕަރޭޓަރުންނާ މަޝްވަރާކޮށްގެން އެކަށީގެންވާ ހައްލެއް ހޯދުމަށް ފައްޔާޒް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ސަބަބުން މުޅި ގައުމާއި އިގްތިސާދު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި
ގަޑިއިރެއް ކުރިން

އީސީގެ ރައީސް ޝަކީލުގެ މައްސަލައެއް ފުލުހަށް ހުށަހަޅަނީ
ގަޑިއިރެއް ކުރިން

ފުވައްމުލަކު ސިޓީގައި ޑައިވީނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
ގަޑިއިރެއް ކުރިން

އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 39 ބެލެނިވެރިން އުނިކޮށްފި
ގަޑިއިރެއް ކުރިން


