logo
މެޑަމް ސާޖިދާ، ޗިލްޑްރަންސް އާޓް އެގްޒިބިޝަން ހުޅުއްވައިދެއްވުން

މެޑަމް ސާޖިދާ، ޗިލްޑްރަންސް އާޓް އެގްޒިބިޝަން ހުޅުއްވައިދެއްވުން

ޗިލްޑްރެންސް ޑޭ އާޓް އެގްޒިބިޝަން ހުޅުއްވައިދެއްވައިފި

profile

އަހުމަދު ޒަލީފު - 24 ނޮވެމްބަރު 2023 - 13:27

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވޯލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ރަސްމީގޮތުން ހުޅުވައިދެއްވައިފި އެވެ.

https://wamco.com.mv/

ވޯލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ ހޯލްގައި މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން "ދަ އައިލެންޑް ވީ ވޯންޓް" ގެ ނަމުގައި ކުރިޔަށްގެންދާ މި އާޓް އެގްޒިބިޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުންތައް ދައްކާލާފައިވެ އެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޔުނިސެފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި އާޓް އެގްޒިބިޝަން ކުރިޔަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެންނެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ ކުޑަކުދިންގެ އަސާސީ ޙައްޤުތައް ބަޔާންކުރާ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) 1989 ވަނަ އަހަރު ފާސްކުރި މުނާސަބާ އެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފާއި އާކް ގުޅިގެން ވަނީ އދ.ގެ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ)ގެ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ނެރެދެއްވާފަ އެވެ. މި ފޮތް ނެރެދެއްވައި އަދި ވާރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ވެސް މެޑަމް ސާޖިދާ އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay