logo

މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެ

profile

ޝުރުފާ މުހައްމަދު - 18 އޮކްޓޯބަރު 2024 - 15:31

މޫދު އަޑިން ނެގި ޒުވާނާ ބަލައި އެ ސަރަހައްދުގައި އެމްބިއުލާންސް ---- ފޮޓޯ: ސޯޝަލް މީޑިއާ

މޫދު އަޑިން ނެގި ޒުވާނާ ބަލައި އެ ސަރަހައްދުގައި އެމްބިއުލާންސް ---- ފޮޓޯ: ސޯޝަލް މީޑިއާ

ރ. އަލިފުށީގައި މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ ނަބީހު ހަސަން މަސް ހިފަން ފޭބީ އަލިފުށީ ކަނޑުތޮށި ކައިރިއަށް ކަމަށެވެ.

ފުލުހުން ބުނީ އޭނަ އާ އެކު އިތުރު ދެމީހަކުވެސް މޫަށް ފޭބި ކަމަށެވެ. މުދުން އޭނާ މައްޗަށް ނާރާ ކަމަުގެ ރިޕޯޓު ލިބުނީ 12:08 ގައި ކަމަށާއި، އަދި އޭނާ ހޯދުމަށްފަހު ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައީ ކަމަށް ބުނެފައި ވެއެވެ. އަދި ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސެންޓަރާ ހަވަލާދީ ފުލުހުން މައުލޫމާތު ދިނެވެ.

ނަބީހު ފީނަން ދިޔަ ސަރަހައްދު ރަތްކުލައިން ފާހަގަކުރެވިފައި--- ފޮޓޯ:: ސޯޝަލް މީޑިއާ

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަބީހަކީ ޕްރޮފެޝަނަލް ޑައިވަރެކެވެ. އަދި އޭނާ އަކީ އެ މަސައްކަތުން އާމްދަނީ ވެސް ހޯދާ ހުނަރުވެރި ޒުވާނެކެވެ.

އޭނާ މޫދުގެ އަޑިޔަށް ދިފަހުން މައްޗަށް ނާރައިގެން ނަގަން ފޭބި މީހުންނާ ހަވާލާދީ ރަށުން މައުލޫމާތު ދޭގޮތުގައި، އޭނާ އޮތީ އަޑީގައި ތަށިވެފައެވެ. އަދި އޭނާ ނެގުމަށްވެސް ވަގުތުކޮޅެއް ހޭދަވި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

https://int.etukuri.mv/
tel:+9607331319