logo

ވިފާގުގެ މަރާ ގުޅޭގޮތުން ދައުރުކުރަމުންދަނީ ފޭކު ރިޕޯޓެއް: ފުލުހުން

profile

ޝުރުފާ މުހައްމަދު - 18 އޮކްޓޯބަރު 2024 - 14:00

ފުލުހުންގެ އިދާރާ

ފުލުހުންގެ އިދާރާ

މާލޭގައި އިމާރާތަުން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން ފަތުރަމުން ދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އޯގަސްޓު މަހު މާފަންނު އެމްޕީއެލް ސަރަހައްދުގައި ހުރި 10 ބުރީގެ އިމާރާތަކުން ވެއްޓި މަރުވި ވިފާގް އިބްރާހިމްގެ މަރުގެ ރިޕޯޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރިޕޯޓެއް އަންނަނީ އާންމުވަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކަސްޓަމްސްގެ ހެޑް އޮފީސް ހުންނަ މ. ހަސޯވާ އިމާރާތުން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުނާނު، ބީޗުވިލާ/ގއ. މާމެންދޫގެ މަރުގެ ހާދިސާގެ ރިޕޯޓުގެ ގޮތުގައި ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.

ވިފާގުގެ މަރާ ގުޅިގެން ސޯޝަލް މީޑިއާާއި، ބައެއް އެހެން މީޑިއާތަކުގައި ވެސް އެކި ކަހަލަ ވާހަކަތައް ފެތުރެމުންދާތީ ފުލުހުން ވަނީ މިދިޔަ ހަފްތާ ތެރޭގައި އެކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ފުލުހުން ވަނީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ. އެގޮތުން ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ވިފާގު ޑައިގްނޯސްކޮށްފައިވާ ކަމަށާއި، އިނގިރޭސިވިލާތާއި ރާއްޖެއިން ވެސް ތެރަޕީ ނަގާ ބޭސްކުރަމުން ދިޔަކަން ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރަށް ފުލުހުން ވަނީ އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނާ ވާހަކަ ވެސް ދޮގުކޮށްފައެވެ. އެގޮތުން އޭނާގެ މެޑިކޯ ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ އެފަދަ ކަމެއްގެ ޝިކާރައަކަށް ވެފައި ނުވާކަން ކަށަވަރުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުލުހުން މިފަދަ ހައްސާސް މައުލޫމާތުތަކެއް އާންމުކޮށްފައިވާތީ ފުލުހުންނަށް މިކަމުގެ ފާޑުކިޔުން ވެސް ރައްދުވެފައި ވެއެވެ.


https://wamco.com.mv/
tel:+9607331319