logo

ހަށިވިއްކާ މައްސަލާގައި ހަތަރު ދިވެހިން ހައްޔަރު

profile

ޝުރުފާ މުހައްމަދު - 15 އޮކްޓޯބަރު 2024 - 18:36

ފުލުހުންގެ އިދާރާ

ފުލުހުންގެ އިދާރާ

ހަށިވިއްކާ މައްސަލާގައި 4 ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައިވާގޮތުން ހައްޔަރުކޮށްފައި ވަނީ 7 މީހުންނެވެ. އޭގެ ތެރޭގައި 3 ދިވެހި އަންހެނުންނާއި، ދިވެހި ފިރިހެނަކާއި، ރާއްޖެއިން ބޭރުގެ ތިން އަންހެނުން ހައްޔަރުކޮށްފައިވެ އެވެ. އެއީ ތައިލޭންޑް ތިން އަންހެނުންނެވެ.

ފުލުހުން ބުނިގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ ތަނެއްގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


https://wamco.com.mv/
tel:+9607331319