logo

އަމާޒަކީ ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުން: މިނިސްޓަރު ޝަހީމް

profile

އައިޝަތު އިނާޝާ - 04 ސެޕްޓެމްބަރު 2024 - 22:46

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ރިޔާސީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރެއްވުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްްޖެއެެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެވަނަ ބުރު ފުރިހަމަކުރި ޒުވާނުންނަށް ސަނަދު ދެއްވުމަށް ޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ޕްރޮގުރަމަކީ މުޖުތަމަޢު ބަަލައިގެންފައިވާ މުހިންމު ޕްރޮގުރާމެއްކަމަށާއި، މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ނެރުމަށް އަމާޒުކުރައްވައިފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ކަން ކާމިޔާބުކުރެއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތްކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ބާއްވައިފައިވާ އިރު 300އަށް ވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އަދި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ޒުވާން ޚަޠީބުން އަންނަނީ އިމާމުވެ ހުކުރުނަމާދު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

tel:+9607331319