logo

މުދަލު ޒަކާތުގެ ފައިސާ ބަހަންފަށައިފި

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 19:10

ޒަކާތް ބެހުމުގެ ތެރެއިން

ޒަކާތް ބެހުމުގެ ތެރެއިން

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަންފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު 2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށްއޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށް ކަަމަށެވެ.

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3،183 މީހުންނަށެވެ.

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4،000 ރުފިޔާ ބޮލަކަށް ޖެހޭއިރު 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރެވެ.

2023 ވަނަ އަހަރު ބޮލަކަށް 3،500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3،000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2،700 ރުފިޔާއެވެ.

2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ދޫކޮށްފައިވަނީ 16،781610.99 (ސޯޅަ މިލިއަން ހަތްލައްކަ އަށްޑިހަ އެއްހާސް ހަސަތޭކަ ދިހަ ރުފިޔާ ނުވަދިހަ ނުވަ ލާރި) އެވެ.

tel:+9607331319