logo

ޙާފިޡުން ޢުމްރާއަށް ފޮނުވުން: އިތުރު ޙާފިޡަކަށް ފުރުސަތު ދީފި

profile

އައިޝަތު އިނާޝާ - 10 ސެޕްޓެމްބަރު 2024 - 22:20

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ މަޝްރޫޢުގެ ދަށުން އިތުރު ޙާފިޡަކަށް ޢުމްރާ ދަތުރެއް ދީފިއެވެ.

މިއީ މި މަޝްރޫޢުގެ ދަށުން ޢުމްރާ ފޮނުވާ ތިންވަނަ ޙާފިޡެވެ.

މިފަހަރު ޢުމްރާ ދަތުރުގެ ފުރުސަތު ދީފައިވަނީ (ދަޑިމަގު، ބެންހާގެ/ ފުވައްމުލަކު ސިޓީ) އަލްޙާފިޡް އަޛިން މުޙައްމަދުއަށެވެ.

މި މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޡަކީ، އަލްޙާފިޡް އަލީ ރައީފްއެވެ. ރަޢީފަށްވަނީ މިކަމުގެ ލިޔުންވެސް ހަވާލުކޮށްފައެވެ. މީގެ އިތުރުން ދެން ފުރުސަތު ދީފައިވަނީ އަލްޙާފިޡް އާސިރު އާރިފް ޔޫސުފަށެވެ.

ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފަށަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓަރު އިޢުލާނު ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަ ކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެށްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއް ކަމަށާއި ޙިފްޡުކުރާ ކުދީން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިން ކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319