logo

ރައީސްގެ އަމާޒަކީ، ޙައްޖާއި ޢުމްރާގެ އަޅުކަން ވީހާވެސް ލުއިފަސޭހަ ކޮށްދިނުން: މިނިސްޓަރު

profile

އައިޝަތު އިނާޝާ - 31 އޮކްޓޯބަރު 2024 - 18:59

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަަޢީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަަޢީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހެޔޮ އަގުގައި ޙައްޖާއި ޢުމްރާގެ ޢަޅުކަން އަދާކުރެވޭނެ މަގު ތަނަސްކޮށްދެއްވުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަަޢީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ކޮންފަރެންސްއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖެއިން މީހުން ޙައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސްއެއްކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޙައްޖު އަދި ޢުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭކަމަށް ޤަބޫލްކުރައްވާކަމަށާއި މިކަން އެންމެ ފުރިހަމައަށް ކުރެއްވޭނީ ޢުމްރާ އަދި ޙައްޖު ޤުރޫޕުތަކަށްކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޢުމްރާ ގްރޫޕުތަކުން މިހާރު އާއްމުކޮށް ހަދާފައިވާ ޕެކޭޖުތަކުގެ ބަދަލުގައި ޕެކޭޖުތަކަށް ބަދަލުތަކެއް ގެނައުމަކީވެސް، ހާއްސަކޮށް ޒުވާނުންނަށް އަގުހެޔޮ ޕެކޭޖުތައް އުފެއްދުމަކީ ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޢިލްމީ އަދި ތަރުބަވީ މަޢުލޫމާތުތަކެއް ދަތުރުތަކުން ލިބޭނެ ފަދަ ގޮތަކަށްވެސް ޕެކޭޖުތަކަށް ބަދަލުތައް ގެނައުމަކީ މުހިއްމުކަމެއް ކަމަށް ދެކިލައްވާކަމަށެވެ.

މި ކޮންފަރެންސް ރާވާލާފައިވަނީ ޙައްޖާއި ޢުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

https://int.etukuri.mv/
tel:+9607331319