
ދިވެހީންގެ މެދުގައި ކައިވެންޏަށް ހޭލުންތެރިކަން އިތުރުކުރަނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 26 އޮކްޓޯބަރު 2024 - 06:42
ދިވެހީންގެ މެދުގައި ކައިވެންޏަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ސިލްސިލާކޮށް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މިގޮތުން، ކައިވެންޏާއި އާޢިލީ ގުޅުންތަކަށް އާއްމުން ހޭލުންތެރިކުުރުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަން ފަށާފައިވާ 'މަވައްދަތު'ގެ ދެވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ.
'މަވައްދަތު' ފޯރަމްއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފޯރަމްއެކެވެ. މި ފޯރަމްގައި ހުކުރު ދުވަހުގެރޭ މަޢުލޫމާތު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯގެ ސީނިއަރ ލެޗްކަރަރ އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ފެމިލީ ކޯޓުގެ ކައިވެންޏާއި ވަރި ރަޖިސްޓްރީ ކުރާ ސެކްޝަންގެ ލީގަލް އޮފިސަރ އަލްއުސްތާޛް އަބޫބަކުރު ޖައުޙަރީއެވެ.
މި ފޯރަމްގެ މަޢުޟޫއުއަކަށް ކަނޑައަޅާފައިވަނީ "ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއެވެ.
ފަހުގެ ފޯރަމްގައި ވަނީ ކައިވެންޏަށް ތައްޔާރުވުމާއި ގުޅޭ މުހިއްމު ކަންކަންކަމުގައިވާ ޚިޠުބާ ކުރުމާއި، ކައިވެނީގެ އަޤުދާއި، ވަލީމާއާއި ގުޅޭ ގޮތުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން އެނގެން ޖެހޭ މުހިއްމު ގިނަ މަޢުލޫމާތުތަކެއް ޙިއްސާ ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން