logo

ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް ބަދަލުކުރާ މައުލޫމާތު ހަރުދަނާ ކުރަނީ

profile

ޝާމާ ޝުޢައިބު - 25 އޮކްޓޯބަރު 2024 - 12:09

ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް ބަދަލުކުރާ މައުލޫމާތު ހަރުދަނާ ކުރަނީ

ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް ބަދަލުކުރާ މައުލޫމާތު ހަރުދަނާ ކުރަނީ

ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް މައުލޫމާތު ބަދަލުކުރުމުގައި ކުރަންޖެހޭ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމުގެ މަޝްވަރާ ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމުގައެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރެވެމުންދާ މިންވަރާ ގުޅޭގޮތުން މިއުޗުއަލް އިވެލުއޭޝަނަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަފާސްހިސާބު ބެލެހެއްޓުމާއި ހިއްސާކުރުމާއި، ފައިނޭންޝަލް އެނަލިސްޓުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމާ އަދި ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް މައުލޫމާތު ބަދަލުކުރުމުގައި ކުރަންޖެހޭ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

https://int.etukuri.mv/
tel:+9607331319