logo
Haseeb.png

Haseeb.png

އިލެކްޝަންސް ކޮމިޝަނަށް ހަސީބު އައްޔަންކުރަން، ނަން ފޮނުވައިފި

profile

ޝުރުފާ މުހައްމަދު - 14 އޮކްޓޯބަރު 2024 - 06:35

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް އަބްދުލްޙަސީބް އިސްމާއީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފިއެވެ.

https://wamco.com.mv/

ހަސީބަކީ މިހާރު އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޢޭނާ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ޢަބްދުލްޙަސީބުގެ ނަން ފޮނުއްވާފައިވަނީ އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ މެމްބަރުކަމުގެ މުއްދަތު ހަމާވާތީއެވެ. ފުއާދުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ފުއާދަކީ މިވަގުތު އެ ކޮމިޝަނުގެ ރައީސެވެ.

އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު އޮންނަ ގޮތުން ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ ގިނަ ވެގެން ދެ ދައުރަށެވެ. އޭގެ ފަހުން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. މި ގަވާއިދުގެ މަތިން މީގެކުރިން އެ ކޮމިޝަނުގެ މެމްބަރުކަން ކުރެއްވި އިސްމާއިލް ހަބީބް ވެސް ވަނީ ދައުރު ހަމަވެފައެވެ.

ފުއާދުގެ ދައުރު ހަމަވާތީ އައު މެމްބަރަކު އައްޔަންކުރުމަށްޓަކާ އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އޭރު މަޖިލިސް ޗުއްޓީގައި އޮތުމުން މިމައްސަލަ ތާވަލްކޮށްފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށެވެ. މިއަދުގެ ޖަލްސާ އަކީ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.


https://wamco.com.mv/
https://www.aslu.com.mv