
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރި ސައިޓަށް މިނިސްޓަރު ޒިޔާރާތްކުރެއްވުން
ޑްރަގް އައްޑާއަކަށްވި ރަބީއުވިލާ 14 ދުވަހުން ތަޅާލައިފި

މަރްޔަމް އުމްނާ އިސްމާޢީލް - 31 އޯގަސްޓު 2024 - 17:01
ފަޅަށް ހުންނަ މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް 14 ދުވަސް ތެރޭގައި ނިންމާލައިފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ އޮގަސްޓް މަހުގެ 17 ގަ އެވެ.
އެ މަސައްކަތް ކުރާ ސައިޓަށް ޒިޔާރާތްކުރެއްވުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ މަސައްކަތް ކުރިއިރު އެއްވެސް މުވައްޒަފަކަށް ވެސް އަދި އެތަނުގެ ކައިރީގައި ހުރި ގެއަކަށް ވެސް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
"ބަރާބަރު 14 ދުވަހުގެ ތެރޭގައި މި ޢިމާރާތް ބިމާ ހަމަކޮށްލެވިފައި މިއޮތީ،ދެން ހަމަ އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން މިމަސައްކަތް ކުރެވިގެން ދިޔައިރު އަޅުގަނޑުމެންގެ އެއްވެސް މުއަައްޒަފަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ނުލިބި މިތަނުގެ ކައިރީގައި ހުރި ގޭތަކުގެ ތެރެއިންވެސް އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބޭ" މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެ މަސައްކަތް ކުރިއިރު އެ ސަރަހައްދުގެ ގޭތަކުގައި އުޅޭ މީހުންގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަބީއުވިލާ ތަޅާޅުމުގެ މަސައްކަތަކީ ބޮޑު މަސައްކަތެއް ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ވެސް ލިބިފައިނުވާ ކަމަށެވެ.
"މިމަސައްކަތް ކުރުމުގައި މިހިސާބުގެ ރައްޔިތިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު، އެއްވެސް ޝަކުވާއެއް އަޅުގަނޑުމެންނަށް ނައިސް މިމަސައްކަތް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތަކަށް އެއްބާރުލުން ލިބިގެން މިދިޔައީ" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އިޖުތިމާއީ އެކި މައްސަލަތަކަށް މަގުފަހިވާތީ ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފެށީ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ނެވެ.
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފެށީ މިފަހުން އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ނެވެ. ގެއްލިގެން ހޯދަމުން ދިޔަ މީހަކުވެސް ޑްރަގް އޯވާޑޯޒް ވެގެން އެ އިމާރާތުގެ ތެރޭގައި މަރުވެފަ އޮއްވާވެސް ފެނިފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން