logo

ފިނޭންސުން އައު ވަޒީރަށް ކީ ރަތްދޫލައިގެ މަރުހަބާއެއް!

profile

ޝާމާ ޝުޢައިބު - 01 އޮކްޓޯބަރު 2024 - 17:39

މާލީ ވުޒާރާއިން އަލަށް ޢައްޔަންކުރެވުނު މިނިސްޓަރ އޮފް ފިނޭންސް، މޫސާ ޒަމީރަށް ހޫނު މަރުޙަބާއެއް ދެންނެވުން

މާލީ ވުޒާރާއިން އަލަށް ޢައްޔަންކުރެވުނު މިނިސްޓަރ އޮފް ފިނޭންސް، މޫސާ ޒަމީރަށް ހޫނު މަރުޙަބާއެއް ދެންނެވުން

ފިނޭންސް މިނިސްޓްރީއަށް އިއްޔެ ޢައްޔަންކުރެވުނު މިނިސްޓަރ އޮފް ފިނޭންސް، މޫސާ ޒަމީރަށް އެ ވުޒާރާގެ މުވައްޒަފުން ވަރަށް ހޫނު މަރުޙަބާއެއް މިއަދު ދަންނަވައިފިއެވެ.

މިއަދު ހެނދުނު މިނިސްޓަރ ޒަމީރު އޮފީހަށް ވަޑައިގަތުމާއެކު އެ މިނިސްޓްރީގެ އެންމެހައި މުވައްޒަފުން އެކުވެ ވަނީ މިނިސްޓަރަށް ރަތް ދޫލައިގެ މަރުޙަބާއެއް ދަންނަވައި، މިނިސްޓަރ ޒަމީރާ ސަލާމް ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވީ އިއްޔެއެވެ.

އިއްޔެ މެންދުރުފަހު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ރައީސް އައްޔަނުކުރައްވާފައި ވަނީ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެެވި މޫސާ ޒަމީރު އައްޔަނު ކުރެއްވިއިރު މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފައެވެ.

އެ ބޭފުޅުން އާ މަގާމުގެ ހުވާ ކުރެއްވުން އޮތީ އިއްޔެ މެންދުރު ރައީސް އޮފީހުގައެވެ.

ރާއްޖޭގެ މާލީ ނިޒާމު އޮތީ ނުރަނގަޅު ހާލަތެއްގައި ކަމާއި ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބުނެފައިވާ ދަނޑިވަޅެއްގައި ކެބިނެޓަށް މި ބަދަލު ގެނަސްފައިވާއިރު، ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުހައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ.

https://wamco.com.mv/
tel:+9607331319