logo

ވަޒީރުންގެ މަޖިލީހަށް ކުއްލި ބަދަލުތަކެއް

profile

ޝާމާ ޝުޢައިބު - 30 ސެޕްޓެމްބަރު 2024 - 15:30

 މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ  އޮފް ހެލްތްގެ މަޤާމަށް ޢަބުދުﷲ ނާޠިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފަ

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢަބުދުﷲ ނާޠިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފަ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ރައީސް އައްޔަނުކުރައްވާފައި ވަނީ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެެވި މޫސާ ޒަމީރު އައްޔަނު ކުރެއްވިއިރު މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފައެވެ.

އެ ބޭފުޅުން އާ މަގާމުގެ ހުވާ ކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.

ރާއްޖޭގެ މާލީ ނިޒާމު އޮތީ ނުރަނގަޅު ހާލަތެއްގައި ކަމާއި ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބުނެފައިވާ ދަނޑިވަޅެއްގައި ކެބިނެޓަށް މި ބަދަލު ގެނަސްފައިވާއިރު، ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުހައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ.


https://wamco.com.mv/
tel:+9607331319