logo

މިނިސްޓަރު ޚަލީލްގެ ފުރަތަމަ ރަސްމީ ބައްދަލުވުން އިންޑިއާ ސަފީރާއެކު

profile

ޝާމާ ޝުޢައިބު - 01 އޮކްޓޯބަރު 2024 - 17:48

ޑރ. އަބްދުﷲ ޚަލީލްގެ ފުރަތަމަ ރަސްމީ ބައްދަލުވުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއެކު ކުރިއަށް ދަނީ

ޑރ. އަބްދުﷲ ޚަލީލްގެ ފުރަތަމަ ރަސްމީ ބައްދަލުވުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއެކު ކުރިއަށް ދަނީ

އިއްޔެ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި ޑރ. އަބްދުﷲ ޚަލީލްގެ ފުރަތަމަ ރަސްމީ ބައްދަލުވުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއެކު ކުރިއަށް ގެންގޮސްފިއެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޚަލީލް ފޮރިން މިނިސްޓްރީއާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމުގެ ވާހަކަ ހިއްސާ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން ޚަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މަޝްވަރާ ކުރެވުނީ ދެ ގައުމު ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި، އެހެނިހެން ދާއިރާތަކުން ގުޅުން ގާއިމުކޮށް އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

މިނިސްޓަރު ޚަލީލް އިންޑިއާ ސަފީރާ މިއަދު ބައްދަލު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަސް ތާރީޚެއްގައި އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު، އެކަމަށް ވަކި ތާރީޚެއް އަދި އިއުލާންކުރައްވާފަ އެއް ނުވެއެވެ. އަދި މި ދަތުރުފުޅުގެ މަގްސަދު ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ވެރިކަމާ ހަވާލުވާ ބޭފުޅުން އާންމު ގޮތެއްގައި އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. އެކަމަކު އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ އެ ގައުމަށް ފޮނުވާލުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުުޅުގައި ވަޑައިގެންނެވީ އިންޑިއާއަކަށް ނޫނެއެވެ.

އެކަމަކު އޭގެ ފަހުން މަޝްވަރާގެ އަލީގައި ދެ ގައުމަށް ވެސް ފައިދާ ވާނެ ގޮތަށް އެ މައްސަލަ ހައްލުކޮށް، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންނެވި ނަރެންދުރާ މޯދީ މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންފައިވެއެވެ.

މީގެ އިތުރަށް ދާދިފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފައިވެއެވެ.

https://wamco.com.mv/
tel:+9607331319