logo

ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް

profile

ޝުރުފާ މުހައްމަދު - 14 އޮކްޓޯބަރު 2024 - 10:31

ވަޒީރުންނަށް ރުހުން ހޯދުމަށް މިހާރު ވަނީ ކޮމިޓީ އަށް ފޮނުވާފައި---

ވަޒީރުންނަށް ރުހުން ހޯދުމަށް މިހާރު ވަނީ ކޮމިޓީ އަށް ފޮނުވާފައި---

ސަރުކާރުން ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު ރައްޔިތުންގެ މަޖިލިސް އޮތީ ޗުއްޓީގައެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތައް ގެނައި ފަހުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިއަދުއެވެ. މިއަދުގެ ޖަލްސާގައި މި ބަދަލުތައް ދިރާސާކުރުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ވަޒީރުންނަށް ގެނައި ބަދަލުތަކަކީ:

  • މިނިސްޓަރ އޮފް ފޮރިން އެފެއާރޒްގެ މަޤާމަށް ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް އައްޔަން ކުރެއްވުން
  • މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެެވި މޫސާ ޒަމީރު އައްޔަނު ކުރެއްވުން

  • މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނާޒިމް އިބްރާހީމް ޢައްޔަންކުރެއްވުން

ރާއްޖޭގެ މާލީ ނިޒާމު އޮތީ ނުރަނގަޅު ހާލަތެއްގައި ކަމާއި ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބުނެފައިވާ ދަނޑިވަޅެއްގައި ކެބިނެޓަށް މިބަދަލު ގެނަސްފައިވާއިރު، ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުހައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ.



https://int.etukuri.mv/
tel:+9607331319