logo

ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރަން ހުށަހެޅި ބިލު ކޮމިޓީއަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 އޮކްޓޯބަރު 2024 - 13:37

އިސްރާޢިލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށް އަޑު ވަނީ ގަދަވެފައި

އިސްރާޢިލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށް އަޑު ވަނީ ގަދަވެފައި

ރާއްޖޭގެ އެއާޕޯޓުތަކުން ބޭރު ގައުމުތަކަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީތަކާއި ޓެކްސް ބޮޑުކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

'ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް' ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ހުށަހެޅުއްވި މި އިސްލާހުތައް ބަލައިގަތުމަށް ވޯޓު ދެއްވީ 58 މެމްބަރުން ނެވެ. އެކަމާ ދެކޮޅަށް 10 މެމްބަރުން ވޯޓު ދެއްވި އެވެ. މި ބިލު ދިރާސާކުރާނީ މުޅި މަޖިލީހުގެ ކޮމިޓީން ނެވެ.

ޑިޕާޗަރ ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ގޮތް:

  • އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުމަށް
  • އިކޮނޮމީގައި ދަތުރުކުރާ އަތުން ނަގާ ޓެކުހަށް ބަދަލެއް ނާދޭ
  • ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުމަށް
  • ފަސްޓް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުމަށް
  • ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުމަށް

އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލު:

  • އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުމަށް
  • އިކޮނޮމީގައި ދަތުރުކުރާ ދިވެހިންގެ ފީ އަށް ބަދަލެއް ނާދޭ
  • ބިޒްނަސް ކްލާސްގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުމަށް
  • ފަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުމަށް
  • ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުމަށް

މި އިސްލާހުތައް ގެންނަން ބިލުގައި ހުށަހަޅާފައިވަނީ މިއަހަރުގެ ޑިސެމްބަރު 1 އިން ފެށިގެން ނެވެ.

މި ބިލު ތަންފީޒުކުރެވެން ފެށުމާއެކު، ދައުލަތަށް އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 1،572.3 މިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އިތުރަށް ލިބޭ ފައިސާއިން ސޮވްރިން ޑިވެލޮޕްމެންޓް ފަންޑުގެ ބެލެންސް އިތުރުކުރަން މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

https://int.etukuri.mv/
tel:+9607331319