logo

ރައްޔިތުންނަށް އެއްޗެއް ލިބެން އުޅޭތީ އިދިކޮޅަށް އުނދަގޫވޭ: އިބްރާހީމް ދީދީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 އޮކްޓޯބަރު 2024 - 12:53

.png

.png

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތައް ބޮޑުކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ދެކޮޅު ހައްދަވަނީ، ރައްޔިތުންނަށް އެއްޗެއް ލިބެން އުޅޭތީ އުނދަގޫވެގެން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

މެމްބަރު މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގްރީން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ބިލާ ދެކޮޅަށް އިދިކޮޅު މެމްބަރުން ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން މެމްބަރު ވިދާޅުވީ، އެ ބޭފުޅުން ދައްކަވާ ވާހަކަތަކުން ޓެކްސް ބޮޑުކުރުމަކީ މުޅިން އަލަށް ކުރާ ކަމެއް ކަމަށްވެސް ހީވާ ކަމަށެވެ. އެގޮތަށް ވިދާޅުވެ މެމްބަރު ފާހަގަކުރެއްވީ، އެއީ މި ބައްރުގެ އެހެން ގައުމުތަކުން ވެސް ކުރާކަމެއް ކަމެވެ.

"ރާއްޖެ އެކަންޏެއް ނޫން އަވަށްޓެރި އަޅުގަނޑުމެންގެ ކައިރީގަ އޮތް ބޫޓާނުން ވެސް އެބަ ނަގާ ދުވާލަކަށް ބޮޑު މީހެއްގެ އަތުން ޓެކްސްއެއް، ބޮޑު މީހެއްގެ އަތުން 100 ޑޮލަރު. ކުޑަ ކުއްޖެއްގެ އަތުން އެބަނަގާ 50 ޑޮލަރު ދުވާލަކަށް. ހީވަނީ އާ ކަމެއް ވުޖޫދުވެގެން އުޅޭހެން." މެމްބަރު

މެމްބަރު ވިދާޅުވި ގޮތުގައި، ޓެކްސް އިތުރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ފައިސާ ހޯދުމެވެ. ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުވާއިރު، އެކަމާ ދެކޮޅު ހައްދަވަނީ ރައްޔިތުންނަށް އެއްޗެއް ލިބެން އުޅޭތީތޯ މެމްބަރު ސުވާލު އުފެއްދެވިއެވެ.

"ދިވެހި ރައްޔިތުންނަށް އެއްޗެއް ލިބޭތީ އުނދަގޫވެގެން ހާދަވަރެއް ވެއޭ އަޅުގަނޑު ހިތައް އެބައަރާ. އަދި މި ނަގާ ޓެކްސް ހަމަ ހަރަދު ކުރާނީ ދިވެހި ރައްޔިތުންނެއް ނޫންތޯ" މެމްބަރު އިބްރާހިމް ދީދީ

ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ގްރީން ޓެކްސް ނަގާ ރޭޓު ދެގުނަ ކުރުމަށެވެ.

އެގޮތުން އިސްލާހުގައި ބުނެފައިވަނީ 50 އަށް ވުރެ މަދު ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސްއަށް ނަގާ އަދަދު ތިން ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުމަށެވެ. 50 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ އަދަދުވެސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ޓެކްސް ބޮޑުކުރުމަށެވެ.

https://int.etukuri.mv/
tel:+9607331319