
ރާއްޖެ-އަފްޣާނިސްތާން މެޗުގެ ތެރެއިން --- ފޮޓޯ: މިހާރު
ސީދާ ތިން ސެޓުން ގައުމީ ވޮލީ ޓީމުގެ ހިތްގައިމު ފެށުމެއް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 07 ސެޕްޓެމްބަރު 2024 - 05:55
ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024ގައި ރާއްޖޭގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މިމެޗު ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓު ނަގައިގެންނެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގއި ކުރިއަށްދާ މިމުބާރާތުގައި ހަތަރު ގައުމެއް ވާދަކުރާއިރު، ރާއްޖޭގެ އިތުރުން ކުޅެނީ އަފްޣާނިސްތާނާއި، ތަޖިކިސްތާން އަދި ކިރްގިސްތާނެވެ.
ހުކުރު ދުވަހުގެ ރޭ ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކާމިޔާބުކޮށްފައިވާއިރު، މިމެޗުގެ ފުރަތަމަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރާއްޖެއިން ވަނީ 25-19 އިން ސެޓު ކާމިޔާބުކޮށްފައެވެ. އަދި ޖެހިގެން އައި ދެ ސެޓުގައިވެސް ރާއްޖޭގެ ކުޅުންތެރިން އެއްވާނެއްގައި ހިފަހައްޓާލިއިރު، މި ދެ ސެޓު ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން މިސެޓުތައް ރާއްޖޭގެ ހުނަރުވެރި ޓީމުން ނަގާފައިވަނީ 25-12 އަދި 25-11 އިންނެވެ.
މުބާރާތުގެ ފެށުން ދިވެހީންގެ ޓީމުން ރަނގަޅުކުރިއިރު، މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ރާއްޖޭގެ ކުޅުންތެރިން ނުކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ. މި މުބާރާތުގައި ތަޖިކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި، މިއަދު ހަވީރު ވަނީ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024ގެ ކުޅުން ހުކުރު ދުވަހު ފެށިއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހުކުރު ދުވަހުގެ ރޭގައެވެ. މިރަސްމިއްޔާތުގައި ވަނީ ޗެމްޕިއަން ޓީމަށް ދޭ ޓްރޮފީ ދައްކާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން