logo

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ އިތުރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2025 - 12:57

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށްވުރެ އިތުރުވެގެންގޮސްފިއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 788،650 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ހިނގާ އޭޕްރިލް މަހު އެކަނިވެސް ރާއްޖެއަށް 127،239 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް 85،469 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނަ އަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސި ވިލާތުން 84،723 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިޓަލީ އިން 72.000 ފަތުުރުވެރިން އައިސްފައިވާއިރު ހަތަރުވަނައިގައި އޮތް ޖަރުމަނުވިލާތުން ވަނީ 61،478 މީހުން ރާއްޖެ އައިސްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރިސޯޓް ތަކުގައި 69 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ގެސްޓް ހައުސްތަކުގައި 23 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވާއިރު ހޮޓެލްތަކުގައި 3 އިންސައްތަ އަދި ސަފާރީ ތަކުގައި 5 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay