logo

2023 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްއިން ހޫނު މަރުހަބާއެއް ކިޔައިފި

profile

ޔޫޝައު ހަސަން - 01 ޖެނުއަރީ 2023 - 07:11

2023 ވަނަ އަހަރުގެ ފުރަތަަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން

2023 ވަނަ އަހަރުގެ ފުރަތަަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން

2023 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްއިން މިއަދު ހެނދުނު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ޝަރަފު ލިބިފައިވަނީ ރަޝިއާގެ ރައްޔިތެއް ކަމަށްވާ ނިކޮލާއި ސްރަޓިޗިކްއަށެވެ.

https://wamco.com.mv/

މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ޚާއްސަ ހަރާކާތެއް ވަނީ ކުރިއަށް ގެންދެވިފައެވެ.

މި ހަފުލާގައި އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީއާއި އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ދިރާގުގެ އިސްވެރިން މި ހަފްލާގައި ބައިވެރިވެލެއްވިއެވެ.

ނިކޮލާއީ ރާއްޖެ ޒިޔާރަތް ކުރީ އިއްތިހާދު އެއަރވޭސްގެ ETA ގައި އާދީއްތަ ދުވަހުގެ ހެނދުނު 6:05 ގައެވެ.

އާއިލާއާއި އެކު ޗުއްޓި ހޭދަ ކޮށްލުމަށް އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި ލިބުނު މި ނަސީބުގައި ރީތި ފަރު ރިސޯޓުން ވަނީ 5 ރޭގެ ފުލްބޯޑް ޗުއްޓީއެއް ހަދިޔާ ކޮށްފައެވެ. އަދި އެމްއެމްޕީއާރުސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއޭސީއެލާއި ދިރާގުގެ ފަރާތުން ވެސް ނިކޮލާއިއަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކުރުމަށް އެމްއެމްޕީއާރުސީ އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ބައިވެރިވާ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވުނު ޙަރަކާތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް ހަލުވިކަމާއެކު އިތުރުވެގެން ދިއުން ކަމަށެވެ. އަދިި ގުދުރަތީގޮތުން އެކަހެރި ރަށްތަކަކަށް ބެހިފައިވާ ޤައުމަކަށްވުމާއި، ރާއްޖޭގެ ރިސޯޓުތަކަކީ ފެށުނީއްސުރެ 'ވަން އައިލެންޑް، ވަން ރިސޯޓް' ކޮންސެޕްޓަށް ހަދާފައިވާ ރިސޯޓުތަކަށްވުމާއި، ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ ކޮވިޑްގެ ޙާލަތުގައިވެސް ފަތުރުވެރިންނަށް ރައްކާތެރި ތަނެއްކަމުގައި މުޅި ދުނިޔެއިން ބަލައިގަތް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319