logo

މިއަހަރުގެ ޢަރަފާތު ދުވަހުގެ ޚުޠުބާގެ ތަރުޖަމާ 34 ބަހަކުން ވަގުތުން ގެނެސްދޭނެ

profile

ސައިފް އަޒުހަރު - 02 ޖޫން 2025 - 12:40

މިއަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި، ޢަރަފާތު ދުވަހުގެ ޚުޠުބާ 34 ބަހަކުން ގެނެސްދިނުމަށް މާތްވެގެންދާ ދެޙަރަމް، މަސްޖިދުލް ޙަރަމާއި، މަސްޖިދުއް ނަބަވީ ބަލަހައްޓާ އޮފީހުން ހުރިހާ ތައްޔާރީތައް ކޮށް ނިންމައިފިއެވެ.

https://wamco.com.mv/

ޢަރަފާތު ދުވަހުގެ ޚުޠުބާ ތަފާތު ބަސްބަހުން ގެނެސްދިނުމުގެ މަގްސަދަކީ އިސްލާމްދީނުގެ މެސެޖުތައް މުޅި ދުނިޔެއަށް، އެބައެއްގެ މާދަރީ ބަސްބަހުން ފޯރުކޮށްދިނުމެވެ.

އަދި މިއީ، މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި ރަނގަޅު މުވާސަލާތެއް އުފެއްދުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް، ދެޙަރަމް ބަލަހައްޓާ އޮފީހުން ބުނެފައި ވެއެވެ.

މިކަމަކީ، މާތްވެގެންވާ ދެޙަރަމަށް ޚިދުމަތް ކުރުމުގައި ސައުދީ ރަސްކަމުގެ ފަރާތުން އަދާކުރަމުންދާ މުހިންމު ދައުރާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ޚިދުމަތް ކުރުމަށް ރަސްކަމުގެ ފަރާތުން ވެފައިވާ ވަޢުދުތަކުގެ ދަށުން ކުރާ ކަމެކެވެ.

މި މަސައްކަތުގެ ދަށުން، ޢަރަފާތު ދުވަހުގެ ޚުޠުބާގެ ތަރުޖަމާ، 34 ބަހަކުން ވަގުތުން ގެނެސްދޭނެއެވެ. ޢަރަފާތު ދުވަހުގެ ޚުޠުބާއަކީ ޙައްޖުގެ އަޅުކަމުގެ ތެރެއިން އަންނަ އެންމެ މުހިންމު އެއް ކަމެވެ.

ތަފާތު ބަސްބަހުން ޢަރަފާތު ދުވަހުގެ ޚުޠުބާ ގެނެސްދޭއިރު، ކިޔުއާރް ކޯޑެއް މެދުވެރިކޮށް އެމީހަކު ބޭނުން ބަހަކުން ޚުޠުބާގެ ޓެކްސްޓް އަދި އޯޑިއޯ ތަރުޖަމާ އަޑުއިވޭނޭ ގޮތްވެސް ވަނީ ހަދާފައެވެ.

މިގޮތަށް ހެދުމުން، ޙައްޖުގެ މަތިވެރި އަޅުކަމަށް ގޮސްތިބޭ ޙައްޖާޖީންނަށް އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށްވެސް ޢަރަފާތު ދުވަހުގެ ޚުޠުބާ، އެމީހަކު ބޭނުންވާ ބަހަކުން އަޑުއެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޢަރަފާތު ދުވަހުގެ ޚުޠުބާގެ ތަރުޖަމާ ބޭނުން ބަހަކުން އަޑުއެހުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ކިޔުއާރް ކޯޑު މިހާރުވަނީ ޙައްޖުވެރިން އެއްވެ އުޅޭ ހުރިހާ ތަނެއްގައި ސްކްރީނުން ފެންނަގޮތް ހަދައި، ޙައްޖުވެރިން ދަތުރުކުރާ ބަސްތަކާއި އަދި އެކޮމޮޑޭޝަން ތަކުގައިވެސް ހަރުކޮށް ފެންނާނޭގޮތް ހަދާފައެވެ.

މީގެއިތުރުން، ޢަރަފާތު ދުވަހުގެ ޚުޠުބާގެ ތަރުޖަމާ ބޭނުން ބަހަކުން އަޑުއެހޭ ކިޔުއާރް ކޯޑް، ސައުދީ ސަރުކާރުގެ އެކި މީޑިއާ ޕްލެޓްފޯމްތަކުގައި ގެންދަނީ ޕްރޮމޯޓްވެސް ކުރަމުންނެވެ. އަދި ސައުދީ ސަރުކާރުގެ މީޑިއާ މިނިސްޓްރީ މެދުވެރިކޮށް ބައިނަލްއަގްވާމީ މީޑިއާތަކާވެސް ގެންދަނީ ހިއްސާކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay