
ސައުދީ ސަރުކާރުން ހަދިޔާކުރި 50 ޓަނުގެ ކަދުރު ރާއްޖެއާއި ހަވާލުކުރުން
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ޔޫޝައު ހަސަން - 21 މާރިޗު 2023 - 16:39
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ސައުދިޔަ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މި ކަދުރުތައް ދިވެހިރާއްޖެއާއި ހަވާލުކުރީ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ރާއްޖެ ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ. ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު ރަސްމީކޮށް ހަވާލުކުރެއްވުން.ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭނެ. pic.twitter.com/Iw186pOYe2
— Ministry of Islamic Affairs (@MVIaffairs) March 21, 2023" target="_blank">
މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސައޫދީ އަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް، އަދި ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ.
ސައުދީ ސަރުކާރުން ހަދިޔާކުރި މި ކަދުރުތައް އަންނަ ހަފުތާގެ ތެރޭގައި ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން