
ސަޢުދީ އެއާރލައިންގެ ބޯޓެއް
"ރިޔާދު އެއާލައިން"ގެ ނަމުގައި ސަޢުދީން އާ އެއާރލައިނެއް އުފައްދަނީ

އަހުމަދު ޒަލީފު - 12 މާރިޗު 2023 - 18:01
"ރިޔާދު އެއާލައިން"ގެ ނަމުގައި ސަޢުދީން އާ އެއާރލައިނެއް އުފައްދަން ނިންމައިފިއެވެ.
މި އެއާލައިނުން އެންމެ ފުރަތަމަ އިސްކަން ދޭނީ އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާ ބައްރާއި ސައުދީއާ ދެމެދު ދަތުރުފަތުރުގެ ވިއުގަ ފުޅާކުރަން ކަމަށް ޕީއައިއެފް އިން ބުނެފައިވެ އެވެ. ނަމަވެސް މި އެއާލައިން އޮޕަރޭޓް ކުރަން ފަށާނެ އިރެއް ހާމަކޮށްފައެއް ނުވެ އެވެ.
މި އެއާލައިނާއެކު ތެލުގެ ވިޔަފާރި ނޫން އެހެން ގޮތްގޮތުން ސައުދީ އަށް ލިބޭ އާމްދަނީ 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އަދި 200،000 ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ. މި އެއާލައިނުގެ އަމާޒަކީ 2030 ގެ ނިޔަލަށް ދުނިޔޭގެ 100 ގައުމަކަށް ދަތުރު ފެށުން ކަމަށް ޕީއައިއެފް އިން ހާމަކުރެ އެވެ.
ސައުދީން އާ އެއާލައިނެއް އުފެއްދުމުގެ ޕްރޮޖެކްޓެއް އިއުލާންކޮށްފައިވާއިރު ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ފެންވަރުގެ ބޮޑު އެއާޕޯޓެއް އެޅުމުގެ ޕްރޮޖެކްޓެއް ސައުދީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކޮށްފަ އެވެ. ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި ތަރައްގީ ކުރާ މި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ ސައުދީގެ ވެރިރަށް ރިޔާދުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން