
"ސަނަމްތޭރި ކަސަމް 2" ކުޅެން ހަރްޝް ދެކޮޅު ހަދައިފި

އައިޝަތު އިބްރާހިމް - 13 މޭ 2025 - 07:38
"ސަނަމްތޭރި ކަސަމް 2" ގައި ކުރީގެ ކާސްޓް ހިމެނޭ ނަމަ، އެ ފިލްމް ނުކުޅޭނެ ކަމަށް "ސަނަމް ތޭރީ ކަސަމް"ގެ އެކްޓަރ ހަރުޝްވަރްދަން ރާނޭ ބުނެފިއެވެ.
ފިލްމް ސަނަމް ތޭރީ ކަސަމްގައި ލީޑް ތަރިންގެ ގޮތުގައި ފެނިފައިވަނިީ ހަރްޝްވަރްދަން ރޭނޭގެ އިތުރުން ޕާކިސްތާނުގެ ފިލްމީ ތަރިއެއް ކަމަށްވާ މަވްރާ ހޮކޭނޭ އެވެ. ހަރްޝްވަރުދަން ސަނަމްތޭރި ކަސަމް 2" ނުކުޅެނޭ ކަމަށް ބުނީ ފިލްމްގައި މަވްރާ އުޅޭތީކަމަށް ބޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ މަސްދަރުތަކުން ބުނެއެވެ.
މަވްރާއާ އެކު ފިލްމުގެ ފުރަތަމަ ބައިގައި ވެސް އުޅުނީ ހަރުޝްވަރްދަންއެވެ.
ޕާކިސްތާނާއި އިންޑިއާގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި މަވްރާ ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ. މަވްރާގެ އެ ޕޯސްޓާ ގުޅިގެން "ސަނަމް ތޭރީ ކަސަމް 2" އިން އޭނާއަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ އިންޑިއާގެ އާންމުން ދަނީ އަޑުއުފުލަމުންނެވެ.
ހަރުޝް މިދިއަ ހޮނިހިރު ދުވަހު އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީގައި ހިއްސާކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ މިހާރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އޭނާ އެއްވެސް ގޮތަކަށް "ސަނަމްތޭރި ކަސާމް 2" އާ ގުޅުމެއް އޮންނަން ބޭނުން ނުވާ ކަމުގައެވެ. އެއީ ކުރީގެ ތަރިން އުޅޭ ނަމަ އޭނާ މި ފިލްމު ކުޅެން ދެކޮޅު ހަދާ ކަމުގައި ބުނެފައެވެ.
"މި ތަޖުރިބާއަށް އަހަރެން ވަރަށް ޝުކުރުވެރިވާ ހާލު، މިހާރު ކަންތައްތައް ހުރި ގޮތަށް ބަލާއިރު އަދި އަހަރެންގެ ގައުމާ ބެހޭ ގޮތުން ދައްކާފައިވާ ސީދާ ވާހަކަތައް ކިޔުމަށް ފަހު، ސަނަމް ތެރީ ކަސަމްގެ ދެވަނަ ބައިގައި ކުރީގެ ކާސްޓް ތަކުރާރުވުމުގެ އެއްވެސް ފުރުސަތެއް އޮތް ނަމަ، އެކަމުގައި ބައިވެރިވުމަށް، ވަރަށް އިހުތިރާމާ އެކުގައި އަހަރެން ދެކޮޅު ހަދަން ނިންމައިފިން،" ހަރްޝްވަރްދަން ރާނޭ
ކަޝްމީރުގެ އިންޑިއާ ސަރަޙައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ޙާދިސާއަށް ފަހު އިންޑިއާގެ އަސްކަރިއްޔާ އިން ޕާކިސްތާނާ ދެކޮޅަށް ފެށި "އޮޕަރޭޝަން ސިންދޫރު"އާއި ގުޅިގެން އިންޑިއާގެ ފިލްމު އުފެއްދުންތެރިންގެ ޖަމުޢިއްޔާއެއް ކަމަށްވާ އޯލް އިންޑިއަން ސިނޭ ވަރކަރސް އެސޯސިއޭޝަނުން ވަނީ އިންޑިއާގެ އެއްވެސް ފަންނާނަކު ޕާކިސްތާނުގެ ފަންނާނުންނާ އެކުގައި މަސައްކަތްކުރުން މަނާކޮށްފައެވެ.
"ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައި ގެނެސްދޭނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުން އެ ފިލްމު ރަސްމީކޮށް އިޢުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް ބޮލީވުޑްގެ ޚަބަރުތަކުން އެނގެއެވެ. ނަމަވެސް، އެ ފިލްމުގެ ޝޫޓިން އަދި މިހާތަނަށް ފަށާފައެއް ނުވެއެވެ.
2016 ވަނަ އަހަރު ހަރްޝް އާއި މަވްރާ ލީޑް ރޯލްކުޅެފައިވާ "ސަނަމް ތޭރީ ކަސަމް"އަކީ ބެލުންތެރިންގެ މެދުގައި މަޤްބޫލުވެ މަޝްހޫރުވިޔަސް ، ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފިލްމެކެވެ.
އިންޑިއާ އާއި ޕާކިސްތާންއާއި ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދެ ޤައުމުގެ ފަންނާނުންގެ މެދުގައި ސޯޝަލް މީޑިއާގައި ދަނީ ބަހުގެ ޙަމަލާތައް ބަދަލުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން