logo

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މާދަމާ ރޭ

profile

އާމިނަތު މޫސާ - 16 މޭ 2025 - 17:05

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާއްމު ޖަލްސާ މާދަމާ ރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މި ޖަލްސާ އޮންނާނީ މާދަމާ މާދަމާ ރޭ މާލޭގައި ހުންނަ ބާސެލޯ ނަސަންދުރާގައެވެ.

އެސްޓީއޯ އިން ބުނީ މި ޖަލްސާގައި ސީދާ ބައިވެރިވުމުގެ އިތުރުން މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށްވެސް ބައިވެރިވެވޭނެކަމަށެވެ. އަދި މި ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވެ، ކުންފުނީގެ މާލީ ނަތީޖާތަކާއި، ހިއްސާގެ ފައިދާ ބެހުމާއި، އަދި ކުރިއަށް އޮތް ވިޔަފާރީގެ ސްޓްރެޓެޖީތަކާ ބެހޭގޮތުން މަޝްވަރާކުރާނެކަމަށެވެ.

އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އޮޑިޓަރުން އައްޔަންކުރުމާއި، ބޯޑު މެންބަރުން އައްޔަންކުރުން ހިމެނެއެވެ. މީގެއިތުރުން، ކުންފުނީގެ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކާ ބެހޭ އަޕްޑޭޓްތައްވެސް ހިއްސާކުރާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާއިރު އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay