logo

ޕީޕީއެމްގެ ނައިބުރައީސް އަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް

profile

ޝުރުފާ މުހައްމަދު - 17 އޮކްޓޯބަރު 2024 - 19:19

ޕީޕީއެމް އިން މިއަދު ބޭއްވި ބައްދަލުވުން--- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އިން މިއަދު ބޭއްވި ބައްދަލުވުން--- ފޮޓޯ: ޕީޕީއެމް

ޕްރޕގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބުރައީސް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް އައްޔަންކުރައްވައިފި އެވެ.

ސަރުކާރުގެ ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ނައިބުރައީސްގެ މަގާމު ހުސްވެފައިވާތާ މިހާރު ވަނީ ގިނަ ދުވަސްވެފަ އެވެ. އަދި އެ ޕާޓީގެ ސެނެޓު ވެސް ނުބާއްވާތާ އެހާ މުއްދަތު ވަނީ ވެފަ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެ ޕާޓީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ހަލީލް އައްޔަންކޮށްފަ އެވެ. އަދި ސެކްރެޓަރީ ޖެނެރަލަކަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ކަނޑައަޅައުފަ އެވެ.

ޕީޕީއެމްގެ ނައިބުގެ މަގާމުގައި މިހާރު މިނިސްޓަރ ޚަލީލާއި އެކު ތިއްބަވަނީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

https://wamco.com.mv/
tel:+9607331319