logo

ގައުމީ ކުޅުންތެރިނާއި އޮފިޝަލުންނަށް އަންނަ އަހަރުން ފެށިގެން އިންޝުއަރަންސް ދެނީ

profile

ޝުރުފާ މުހައްމަދު - 10 ސެޕްޓެމްބަރު 2024 - 14:16

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ އެކު ބޭއްވި ބައްދަލްވުން---- ފޮޓޯ: ރައީސް އޮފީސް

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ އެކު ބޭއްވި ބައްދަލްވުން---- ފޮޓޯ: ރައީސް އޮފީސް

ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް އަންނަ އަހަރުން ފެށިގެން އިންޝުއަރަންސް ދޭން ނިންމައިފި އެވެ.

https://wamco.com.mv/

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް، އިންޝުއަރަންސް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފަ އެވެ. އަދި އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނެޝަނަލް އެތުލީޓުންނާއި އޮފިޝަލުންނަށް އިންޝުއަރެންސްގެ ކަންތައް އަންނަ އަހަރު ހަމަޖެހިގެންދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަން

މީގެ އިތުރަށް ގައުމީ ޓީމުތަކުގެ އެތުލީޓުން ،ކުޅުންތެރިން އަދި އޮފިޝަލުންގެ މުސާރައާއި އެލަވަންސްތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ އެއްވަރުކުރުމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން މިހާރު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް މި ބަދަލުތަކާ ގުޅުންހުރި އިތުރު ތަފްސީލްތަކެއް މިނިސްޓަރ ހިއްސާކުރައްވާފަ އެއް ނުވެ އެވެ.

މިނިސްޓަރ ވިދާޅުވީ ގައުމަށް ރީތި ނަމާއި ފަޚުރު އަދި ޝަރަފުވެރިކަން ގެނެސްދޭ ފަރާތްތަކަށް ޚާއްސަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ މި ސަރުކާރުން ކުރަން ބޭނުންވާ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ބަދަލުތަކަކީ އެ މަގްސަދުގައި ގެންނަ ބަދަލުތަކެއްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

https://etukuri.mv/
tel:+9607331319