logo

ދެވަަނަ ބޯޓު ރާއްޖެ ގެނެސް ބަންކަރިން ފަށަން ތައްޔާރުވެއްޖެ

profile

އާމިނަތު ޝަފާ - 13 ސެޕްޓެމްބަރު 2024 - 18:10

ބަންކަރިން ހިދުމަތަށް ބޭނުންވާ ބޯޓެއް

ބަންކަރިން ހިދުމަތަށް ބޭނުންވާ ބޯޓެއް

ދެވަނަ ބޯޓު ރާއްޖެ ގެނެސް އިގްތިސާދީ ބޮޑު ބަދަތަކެއް ގެނުވާނެ ބަންކަރިންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިން ފެށުމަށްޓަކައި ބަންކަރިންގ 2 ބޯޓާއި ޓަޖު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސް ނިމިފައިވާ ކަމަށެެވެ.

އަދި މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިނުގައި ހުންނަންޖެހޭ ޝަރުތު ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް” ގޭޓު) ވެސް ގާއިމްކޮށް ނިމި، ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީ އެއްވެ ނިމިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު އެ ފަށްޓަވައި ދެއްވަވަނީ، މިގައުމުގެ އިގުތިސާދަށް ބޮޑު އިންގިލާބީ ހެޔޮ ބަދަލްތަކެއް ގެނެސް ދޭނެ ޚިދުމަތެއް ކަމަށެވެ.

މިއީ މިގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއް ކަމަށާއި ބަންކަރިންގ ޚިދުމަތާއެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް އެސަރަޙައްދުން ފޯރު ކޮށްދޭން ފެށޭނެކަމަށް ވަޖީހު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހި ވެގެން ދާނެ ކަމަށާއި މި ޕްރޮޖެކްޓުގެ 2 ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކުތައް މިސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

ބަންކަރިން ހިދުމަތަށް އެސްޓީއޯ އިން ގެނައި ދެވަނަ ބޯޓަކީ "މެރިން ބެއްލާ" އެވެ. މި ބޯޓު އޮތީ ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފައެވެ. މި ބޯޓު ބަނދަރު ކޮށްފައިވާއިރު ފުރަތަމަ ބޯޓު "މެރިން އެންޖަލް"ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ ނުވަވަނަ ދުވަހެވެ.

https://wamco.com.mv/
tel:+9607331319