logo

ޓެކްސް ޓްރައިބިއުނަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 29 އޯގަސްޓު 2024 - 16:02

ރައީސް އޮފީސް

ރައީސް އޮފީސް

ޓެކުހާ ގުޅޭ މައްސަލަތައް ބަލަން އުފައްދާފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަތައް ބަލައި އެއް މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލީހުން ލަފާ ދިން ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، 4 މެމްބަރަކު މަގާމުން ވަކިކޮށްފަ އެވެ.

އެހެންވެ ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވަނީ އެ ހަތަރު މަގާމަށް މެމްބަރުން ހޯދަން އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައި ވާގޮތުން އަންނަ ސެޕްޓެމްބަރު 17 ގެ ނިޔަލަށް މަގާމަށް ކުރިމަތިލާ ފޯމުތައް އެ އޮފީހުން ބަލައިގަންނާނެ އެވެ.

މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިގުރާރު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ މެމްބަރުން ވަކިކުރަން މަޖިލީހުން ނިންމީ، އެ ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ފޮނުއްވި ސިޓީއަކާ ގުޅިގެން ނެވެ. އެތަނާ ބެހޭ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނައީ އޭނާ ކަމަށްވާތީ މަޖިލީހުން ނިންމީ އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށެވެ. މަގާމުން ވަކިކުރި މެމްބަރުންނަކީ، ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ،ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލް، މެމްބަރު އަހުމަދު އަޝްރަފް އަދި މެމްބަރު ހަދީޖާ ނައީމް އެވެ.

tel:+9607331319