logo

ކާނިވާ ސަރަޙައްދުގައި އަލަށް ހަދާ ސްޓޭޖްގެ ކުރެހުން ދައްކާލައިފި

profile

އައިޝަތު އިނާޝާ - 17 މާރިޗު 2025 - 18:55

މާލެ ސީޓީގެ ކާނިވާ ސަރަޙައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ތަރައްޤީކުރާ، ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން، ދައްކާލައިފި އެވެ.

https://wamco.com.mv/

އައު ސްޓޭޖް ހުންނާނެ ގޮތުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައި ވާއިރު، މި މަސައްކަތް ކުރުމަށް ކައުންސިލުންވަނީ، މިމަހުގެ 14 ވަނަ ދުވަހު ބަޔަކާ ހަވާލުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި މިހާރު ޢިމާރާތް ކޮށްފައިވާ ސްޓޭޖް ތަޅައިލުމަށް ފަހު، އައު ސްޓޭޖެއް ތަރައްޤީކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ކައުންސިލުން މިމަސައްކަތް ނިންމަން ހަވާލުކޮށްފައިވާ މުއްދަތަކީ، 2025 ވަނަ އަހަރު މާރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް (ބަންދު ދުވަސްތަކާއެކު) ޖުމްލަ 140 (ސަތޭކަ ސާޅީސް) ދުވަހަށެވެ.

މަސައްކަތުގެ އަގަކީ 4,847,000.00 (ހަތަރު މިލިއަން އަށްލައްކަ ސާޅީސް ހަތްހާސް) ރުފިޔާއެވެ.

އައު ސްޓޭޖްގެ ފޮޓޯއަކާއެކު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ މި ސްޓޭޖް، ދެން ފެނިގެންދާނީ، އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ކާނިވަލުގެ އައު ސްޓޭޖްގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރު ކަމާ އާދަމް ޢާޒިމް ހަވާލުވެ ވަޑައިގަތުމަށް ފަހު، ފާސްކުރެވިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay