
ޕާކިސްތާނުގައި 11 ފުލުހަކު ޝަހީދުކޮށްލައިފި

ރިޟްވާން މޫސާ - 12 ނޮވެމްބަރު 2026 - 05:41
ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާގައި ދިން ޓެރަރިސްޓު ހަމަލާއެއްގައި ފުލުހުންގެ އިސް އޮފިސަރަކު ހިމެނޭހެން 11 މީހަކު ޝަހީދުވެއްޖެ އެވެ.
ޕާކިސްތާނުގެ އުތުރުގައި އޮންނަ ޚައިބަރު ޕަޚްތުންޚުވާ އަވަށުގެ ކޮހާޓް ސަރަހައްދުގައި، ފުލުހުންގެ ޓީމަކަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ޓެރަރިސްޓު ހަމަލާގައި ޑީ.އެސް.ޕީއަކާއެކު 11 ފުލުހުން ޝަހިދުވެ، އިތުރު 12 މީހަކު ޒަޚަމް ވެފައިވާ ކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެ އެވެ.
ޕާކިސްތާނު ފުލުހުންގެ ތަރުޖަމާން މުޙައްމަދު ނުޢުމާން ސޭބް މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ ގަވާއިދާ ހިލާފަށް ރަން ނަގަމުންދިޔަ ބަޔަކާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުންދިޔަ ބަޔަކާއި ދެކޮޅަށެވެ.
ތަރުޖަމާން ވިދާޅުވީ ކޮހާޓާއި ކަރަކް ގުޅޭ ސަރަހައްދުގެ ފަރުބަދަމަތީގައި ފިލާތިބި ހަނގުރާމަވެރިން ފުލުހުންނަށް ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، ފުލުހުން ދަތުރުކުރި 5 އުޅަނދެއްގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ.
މި ޙަމަލާގައި މަރުވި ފަރާތްތަކުގެ ތެރޭގައި ގުމްބާޓް ސަރަހައްދުގެ ޑީ.އެސް.ޕީ ޙައިދަރު ޒަމާންގެ އިތުރުން ސަބް-އިންސްޕެކްޓަރ މުޚުތާރު ހިމެނޭކަން ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން ޑިސްޓްރިކްޓް ހެޑްކުއޯޓާޒް ޓީޗިންގ ހޮސްޕިޓަލް ކުއްލި ހާލަތަކަށް ގެނެސް، ޒަހަމްވި ފަރާތްތަކަށް އަވަސް ފަރުވާ ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެއިން ގެއްލިގެން ޒުވާނަކު ހޯދަން ފަށައިފި
ގަޑިއިރެއް ކުރިން

ފެނަކަ އުވާލަން ނިންމިއިރު ސަޕްލަޔަރުންނަށް ދޭން 3 ބިލިއަން ރުފިޔާ އެބައޮތް: އޮޑިޓް ރިޕޯރޓް
3 ގަޑިއިރު ކުރިން

ކޮޕް31 ގައި ރައީސް ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައިފި
3 ގަޑިއިރު ކުރިން

ދެއްވަދޫ ފެނަކަ ބްރާންޗުގެ މެނޭޖަރަށް ވަޒީފާ އަލުން ނުދިން މައްސަލަ އަށް ޖަވާބުދާރީވާން ފެނަކަ އަށް އަންގައިފި
3 ގަޑިއިރު ކުރިން


