logo
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން---

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން---

ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކަށް ބަދަލުތަކެއް ގެނެސްފި

profile

ޖިނާން ޙުސައިން ޖަބީން - 23 ނޮވެމްބަރު 2026 - 07:06

ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

https://wamco.com.mv/

މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވި ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށެވެ.

އެގޮތުން، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ކުރިން އިންނެވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި، އެ ކޮމިޓީއަށް މިހާރު ވަނީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒު ހަމަޖައްސަވާފައެވެ.

މީގެ އިތުރުން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދެ ބަދަލެއް ވަނީ ގެންނަވާފައެވެ. އެއީ އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހަމަޖެއްސެވުމާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީގެ ބަދަލުގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު އެ ކޮމިޓީއަށް ހަމަޖެއްސެވުމެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މި ބަދަލުތައް ގެނެވުނު ސަބަބެއް ރިޔާސަތުން ހާމަކޮށްފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319