
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު / ފޮޓޯ: މަޖިލިސް
ބަޖެޓް ފަރުމާކޮށްފައިވަނީ މަނީ ލޯންޑަރކުރަން ފުރުސަތުފަހިވާގޮތަށް: މައުރޫފް

މުޙައްމަދު ފަޟްލޫން - 23 ނޮވެމްބަރު 2026 - 07:06
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ މަނީ ލޯންޑަރ ކުރުމަށް ފުރުސަތު ފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ބަޖެޓެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަށް ބަދަލު ގެނައުމުގެ އެއްވެސް އިހްތިޔާރެއް ފިނޭންސް މިނިސްޓަރަށް ވެސް ލިބިވަޑައިގެންފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބަޖެޓު އެކުލަވާލާފައިވަނީ ރައީސް އޮފީހުން ދެއްވި މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އޭގެ އިތުރުން އެއްވެސް ބަދަލެއް ގެނެވޭނެ އިންތިޒާމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މުޅި ބަޖެޓު ބައްޓަންކޮށްފައިވަނީ ދައުލަތުގެ ބަޖެޓު ބޭނުންކޮށްގެން ސަރުކާރުން ސްޓޭޓް ސްޕޮންސަރޑް މަނީ ލޯންޑަރިންގ ހިންގުމަށް މަގުފަހިވާ ހާއްސަ ނިޒާމެއްގެ ގޮތުގައި ކަމަށް މެންބަރު ތުހުމަތުކުރެއްވިއެވެ. އެގޮތަށް ވިދާޅުވާ ސަބަބަކީ، ފާއިތުވެދިޔަ އަހަރުގެ ބަޖެޓުގައި ވެސް ކަންކަމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އަހަރު ނިމޭއިރު ހަރަދުކުރެވުނު ގޮތުގެ ސާފު ތަފުސީލު ނުލިބޭތީ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއަށް މަނީ ލޯންޑަރ ކުރުމަށް މަގުފަހިވާ ގޮތަށް ފާސްކުރާ ބަޖެޓަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ޓެކްސް ފައިސާއިން އެކުލަވާލާ ބަޖެޓެއް ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުން ފާސްކޮށްދެނީ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، އަސާސީ ހިދުމަތްތައް ގާއިމުކޮށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަގްސަދުގައި ނަމަވެސް، މިއަދު ފެންނަމުންދަނީ ވަކި ފަރުދެއްގެ އަމިއްލަ ޕްރޮމޯޝަނަށާއި، ޖާހާއި މަންސަބަށްޓަކައި ބަޖެޓު ބޭނުންކުރަމުންދާ މަންޒަރު ކަމަށް މައުރޫފް ވިދާޅުވިއެވެ.
ފާއިތުވި ތިން އަހަރުގެ ބަޖެޓަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، ޖުމްލަ 170 ބިލިއަން ރުފިޔާ ފާސްކޮށްދެވިފައިވީ ނަމަވެސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ފިޔަވައި އެ ބަޖެޓުތަކުން ރައްޔިތަކަށް ލިބުނު މާބޮޑު މަންފާއެއް ނެތް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދެން އަންނަ ސަރުކާރަކުން އެންމެ ފުރަތަމަ ބަލަންޖެހޭނީ "ޓެންޓް ކޮރަޕްޝަން": މަލީހް
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
ހަމަހަމަކަމާއެކު ފްލެޓުގެ ހައްގު ލިބޭގޮތަށް އާއިލާއާ ބެހޭ ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ނަފްސާނީ ސިއްހަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ކުރިއަށް އޮތް 3 ދުވަހުމާލޭގެ ވައި ނުސާފުވާތީ ސަމާލުވާން މެޓުން އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން


