logo
މާލެ ސަރަހަށްދައް ވައި ނުސާފުކޮށް އޮއްވާ ނަގާފައިވާ ފޮޓޯއެއް،

މާލެ ސަރަހަށްދައް ވައި ނުސާފުކޮށް އޮއްވާ ނަގާފައިވާ ފޮޓޯއެއް،

ކުރިއަށް އޮތް 3 ދުވަހުމާލޭގެ ވައި ނުސާފުވާތީ ސަމާލުވާން މެޓުން އިލްތިމާސްކޮށްފި

profile

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 09:14

ކުރިއަށް އޮތް 3 ދުވަހު މާލެ ސަރަޙައްދުގެ ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭތީ، ބޭރުގައި ގިނަވަގުތު ހޭދަކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އެޗްޕީއޭއިން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި މާލޭގެ ވައިގެ ފެންވަރު ދަށްވެ، ވައި ނުސާފުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ބޭރުގައި ގިނަވަގުތު އުޅުއްވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި، މިކަމާ ގުޅިގެން އެޗްޕީއޭ އިން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރެއްވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

View post on Twitter

އާންމުގޮތެއްގައި އިރުވައި މޫސުމުގެ މި ދުވަސްވަރަކީ ހިމާލިޔާ ސަރަޙައްދުންނާއި އަވައްޓެރި ޤައުމުތަކުން އުފެދޭ ދުމާއި ހިރަފުހުގެ އަސަރު، ވައިގެ ދައުރުވުމާއެކު ރާއްޖޭގެ ސަރަޙައްދަށް ފޯރާ ދުވަސްވަރެކެވެ. މީގެ ސަބަބުން ވައިގެ ތެރޭގައި ހުންނަ ލޮލަށް ނުފެންނަ ކުދި ޒައްރާތައް ނުވަތަ ޕާޓިކިއުލޭޓް މެޓަރ (ޕީއެމް 2.5) ގެ މިންވަރު މަތިވެ، ދުރު ފެންނަ މިންވަރު ދަށްވެ އަދި ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށަށްދެއެވެ.

މާލެއަކީ އާބާދީ ބޮޑު، ތޮއްޖެހުން ބޮޑު ތަނަކަށް ވެފައި، އެއްގަމު އުޅަނދުފަހަރުގެ ދުމާއި އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އުފެދޭ ހިރަފުސް ގިނަ މާހައުލަކަށް ވާތީ، ޖައްވު ނުސާފުވާ ދުވަސްވަރު މިކަމުގެ ނޭދެވޭ އަސަރު އާންމު ސިއްޙަތަށް ކުރާ މިންވަރު އިތުރުވެގެންދެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ޚާއްޞަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށާއި، ނޭވާހިއްލުން އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. މީގެއިތުރުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނަކީ މިފަދަ ހާލަތްތަކުގައި ބޮޑަށް ސަމާލުވާންޖެހޭ ފަރާތްތަކެކެވެ.

އެހެންކަމުން، މި ދުވަސްވަރު ބޭރަށް ނުކުމެ އުޅޭއިރު ރަނގަޅު މާސްކެއް އެޅުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ގޭތެރެއަށް ހިރަފުސް ވަނުން ކުޑަކުރުމަށްޓަކައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މި ދުވަސްވަރު މަދުކުރުމަށްވެސް އިލްތިމާސްކުރެވެއެވެ.

ސިޓީ ކައުންސިލުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ރާއްޖޭގެ ވައިގެ ފެންވަރު ބަދަލުވަމުންދާ މިންވަރު މޮނިޓަރކުރަމުން ކަމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުންވެސް ފުރިހަމައަށް ބޯލެނބުމަކީ މިފަދަ ދަނޑިވަޅެއްގައި ނުހަނު މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319