
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ފޮޓޯ: ސޯޝަލް މީޑިއާ
ދެން އަންނަ ސަރުކާރަކުން އެންމެ ފުރަތަމަ ބަލަންޖެހޭނީ "ޓެންޓް ކޮރަޕްޝަން": މަލީހް

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 09:15
ދެން އެކުލަވައިލެވޭ ސަރުކާރެއްގައި އެންމެ ފުރަތަމަ ތަޙުޤީޤުކޮށް ބަލަންޖެހޭ މައްސަލައަކީ "ޓެންޓް ކޮރަޕްޝަން" ކަމަށް، އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މަލީހް ވަނީ މި މައްސަލައިގައި ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން، އެ ޖާދޫގެ ޓެންޓަށް ސަރުކާރުގެ ބަޖެޓުންނާއި ދަޢުލަތުގެ ކުންފުނިތަކުން ކިހާ ފައިސާއެއް ޚަރަދުކޮށްފައިވޭތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މި ޓެންޓްތައް ކުއްޔަށް ހިފީ ދަޢުލަތުގެ ކޮންކޮން މުއައްސަސާތަކަކުންތޯއާއި، އެ ޚިދުމަތް ހޯދާފައިވަނީ ހަގީގަތުގައި ވެސް ޞައްޙަ، ރަނގަޅު ބޭނުމެއްގައި (ޖެނުއިން ބޭނުމަކު) ތޯ ބަލައި ތަޙުޤީޤު ކުރަންޖެހޭ ކަމަށް ވެސް މަލީހް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން މަލީހް އިތުރަށް ވިދާޅުވީ، ދަޢުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މިފަދަ މުޢާމަލާތްތަކަކީ އަންނަން އޮތް ވެރިކަމެއްގައި ޚާއްޞަ އިސްކަމެއް ދީގެން ޖަވާބުދާރީ ކުރުވަންޖެހޭނެ ކަންކަން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ނަފްސާނީ ސިއްހަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ކުރިއަށް އޮތް 3 ދުވަހުމާލޭގެ ވައި ނުސާފުވާތީ ސަމާލުވާން މެޓުން އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ރައްޔިތުންގެ ޙައްޤުތަކާއި ދުސްތޫރީ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ޑރ. ޖަމީލް
2 ގަޑިއިރު ކުރިން

ބަޖެޓް ފަރުމާކޮށްފައިވަނީ މަނީ ލޯންޑަރކުރަން ފުރުސަތުފަހިވާގޮތަށް: މައުރޫފް
3 ގަޑިއިރު ކުރިން


