logo
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން---

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން---

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރަންޑަމެއް ނެގުމަށް އެދި ހުށަހެޅި މައްސަލަ ކޮމިޓީއަށް!

profile

ޖިނާން ޙުސައިން ޖަބީން - 23 ނޮވެމްބަރު 2026 - 07:05

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ރަސްމާލޭގެ މެރީނާ މަޝްރޫއު ހަވާލުކުރުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ، އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

https://wamco.com.mv/

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، މި މައްސަލަ ކޮމިޓީ މަރުހަލާއަށް ފޮނުއްވިކަން އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

މި މައްސަލައަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، މި ހިނގާ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަސްމާލެ ފަދަ ބިޔަ މަޝްރޫއެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތާއި އިގުތިސާދީ މިނިވަންކަމާ ސީދާ ގޮތުން ގުޅިފައިވާ ނުހަނު ބޮޑު ނިންމުމެކެވެ.

އެމްޑީޕީން ބަޔާންކުރާ ގޮތުގައި، މިފަދަ ބޮޑު މަޝްރޫއަކުން ގައުމަށް ލިބިދާނެ ގެއްލުމަކުން ނުވަތަ ނޭދެވޭ އަސަރަކުން ސަލާމަތްވުމަށްޓަކައި، ކަންކަން ނިންމުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދައި، ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދަންޖެހެއެވެ.

މި މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ސިޔާސީ މައިދާނުގައާއި އާންމުންގެ އިތުރުން ދީނީ އިލްމުވެރިންގެ މެދުގައި ވެސް ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. މިގޮތުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުން ފާހަގަކުރާ ގޮތުގައި، އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލައްބާރަކީ ޔަހޫދީން ގާތް ގުޅުމެއް ބާއްވަވާ ފަރާތެއް ކަމަށްވާތީ، އެ މަޝްރޫއުގެ ސަބަބުން ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމުގެ ފުރުސަތު ބޮޑެވެ.

https://wamco.com.mv/
tel:+9607331319