logo
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ޑޮލަރު ތިރިނުވި، އެކަމަކު ޕީއެންސީ މެންބަރުން ދަނީ ދަށްވަމުން: ޒިޔާދު

profile

މުޙައްމަދު ފަޟްލޫން - 23 ނޮވެމްބަރު 2026 - 07:04

ޑޮލަރުގެ އަގު ތިރިނުވި ނަމަވެސް ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު މަދުވަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް ނައިސް، މުދަލުގެ އަގުތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް އުފުލެމުންދާ ކަމަށެވެ.

ދަޢުލަތުގެ ދަރަނި ކުރިން އޮތް 120 ބިލިއަން ރުފިޔާއިން 160 ބިލިއަން ރުފިޔާއަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، ސަރުކާރުން ކުރާ ކަމަކީ ކުރީ ސަރުކާރުތަކުގެ ދަރަނި ދެއްކުން ކަމަށް ބުނި ނަމަވެސް، ޖުމްލަ ދަރަންޏަށް އެއްވެސް ލުޔެއް ލިބެމުން ނުދާ ކަމަށެވެ. އަދި ދަޢުލަތުގެ ދަރަނީގެ ހަގީގީ ހާލަތާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކާ ސުވާލުކުރުމުންވެސް، މިހާތަނަށް ސާފު ޖަވާބެއް ލިބިފައިނުވާތީ އެކަމާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ސިއްހީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން މެމްބަރު ވިދާޅުވީ، ބަޖެޓުގައި އެ ދާއިރާއަށް ބޮޑު ޢަދަދެއް ކަނޑައަޅާފައިވީ ނަމަވެސް، އާންމުންނަށް ބޭނުންވާ ޒަރޫރީ ބޭސް ނުލިބޭ މައްސަލަ އަދިވެސް އޮތީ ހައްލުނުވެ ކަމަށެވެ. އެގޮތުން، ދުނިޔޭގެ ފެންވަރުގެ ބޭސް އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތައް ހެދިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނިތާ ތިން އަހަރު ވެގެންދިޔައިރު ވެސް، ބޭހުގެ ދަތިކަމަށް އެކަށޭނަ ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓްގައި ކަނޑައަޅާވަރަށް ހަރަދު ނުކުރި ނަމަވެސް ބަޖެޓް ހުސްވަމުންދާތީ މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަމަކީ މައްސަލައެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިހުރިހާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ހާލަތު ދަނީ ދުވަހެއް ދުވަހަށް ދަށްވަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319