logo
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓޫގެ ނަންބޯޑު---

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓޫގެ ނަންބޯޑު---

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ނިންމައި، މަޖިލީހަށް އިސްލާހެއް!

profile

ޖިނާން ޙުސައިން ޖަބީން - 25 ނޮވެމްބަރު 2026 - 12:01

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ނިންމައި، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގެވެ. މި ބިލު ފާސްވެ، ގާނޫނަކަށްވެ، އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާ ގޮތުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމާއެކު އެތަނުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށަށް ބަދަލުވާނެއެވެ. އަދި އެ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މި ގާނޫނަށް އާމަލުކުރަން ފަށާތާ 20 ދުވަހުގެ ތެރޭގައި، އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން ރާއްޖޭގެ އެހެން ކޯޓުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެ ކޯޓުގެ އިތުރުން، މިހާރުވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ހިދުމަތްތައް ހުޅުމާލޭގައި ދެމުން ގެންދެއެވެ. އަދި ސުޕީރިއާ ކޯޓުތައް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރުގެ ކޯޓު ކޮމްޕްލެކްސްއެއް ހުޅުމާލޭގައި ތަރައްގީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319