logo
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: މަޖިލިސް

މަޖިލީހުގެ ދައުރު ޑިސެމްބަރު 15 އަށް ދަންމާލަން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 25 ނޮވެމްބަރު 2026 - 09:35

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން، މި ހިނގާ ދައުރު އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދައުރު ދަންމާލުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ދައުރު އިތުރުކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މިއަދުގެ ޖަލްސާގައި ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން އަހަރުގެ ފަހު ދައުރު ނޮވެންބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. ނަމަވެސް، މި ދައުރުގައި ކޮންމެހެން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަކޮށް، ދައުރު ދަންމާލަން ނިންމެވީ އެ މަސައްކަތްތައް ނިންމުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން މިހާރު މަޖިލީހުގައި ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓްގެ ބިލާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަދަ މުހިންމު ބިލުތަކުގެ މަސައްކަތް ހިމެނެއެވެ.

މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުގެ ސަބަބުން މަޖިލީހުގެ ދައުރު މީގެ ކުރިން ވެސް އިތުރުކޮށްފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ މުއްދަތުވެސް އިތުރުކޮށްގެން މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

https://wamco.com.mv/
tel:+9607331319