
އެމްޑީޕީން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން---
އެމްޑީޕީ އެތެރޭގެ އިންތިހާބު: ވޯޓުލާން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފި

ޖިނާން ޙުސައިން ޖަބީން - 28 އޮކްޓޯބަރު 2026 - 05:14
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެންބަރުން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިމިވަނީ، އެ ޕާޓީން މީގެކުރިން އާންމުކުރި ވޯޓުލާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށްފަހު އެކުލަވާލެވުނު ލިސްޓުގެ މައްޗަށް ބިނާކޮށެވެ.
މި އިއުލާނާއެކު، އާންމުކުރެވިފައިވާ ލިސްޓްގައިވާ މެންބަރުންނަށް އަލުން ރީ-ރަޖިސްޓްރީވެވޭނެއެވެ. އެގޮތުން، ރަށްވެހިވެފައިވާ ރަށް ނުވަތަ މާލެއަށް ވޯޓުލާ ތަން ބަދަލުކުރުމުގެ ފުރުސަތު ވަނީ ލިބިދީފައެވެ.
ރީ-ރަޖިސްޓްރީވުމަށް އެދޭ މެންބަރުން އަންނަ ނޮވެމްބަރު މަހުގެ 6 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން، އެމްޑީޕީގެ ޔެލޯ އެޕް މެދުވެރިކޮށް ރީ-ރަޖިސްޓްރީވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ރާއްޖޭގައި މިވަގުތު އޮޕޮޒިޝަންގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެގޮތުން، އެ ޕާޓީގައި މިވަގުތު ވެސް 55,000 އަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް
މި ސަރުކާރަށް ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ކްރެޑިޓް ނެގޭކަށް ނެތް :ރިޔާޒް މަންސޫރު
4 ދުވަސް ކުރިން

ބޮޑުބަދަލުގެ މައިގަނޑު މަހްފޫމް އަކީ ސަރުކާރުގެ ވެރިޔާ ގައިގަ ޗޭނު އަޅުވާ ތަޅުލުން: ފައްޔާޒް
4 ދުވަސް ކުރިން

ހަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކޮށް، ވެރިންގެ މުސާރަ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ފައިސަލް
6 ދުވަސް ކުރިން

ޑރ ޝަމްހީދުގެ ފުރަތަމަ ކެމްޕޭން ދަތުރު ހުވަދު އަތޮޅުން ފައްޓަވައިފި
6 ދުވަސް ކުރިން


